ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ޖެހިޖެހިގެން ފަހަތަށް ގައުމު ސޮއްސާލުމަކީ ހިތާމަހުރި ކަމެއް ކަމުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންމިދާ ދުނިޔޭގެ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާއި ގުޅުވައި ކުރެއްވި ޓްވީޓެއްގައެވެ.
މި ޓްވީޓްގައި ގާސިމް ވިދާޅުވެފައިވަނީ ވަކި އަތަކަށްނުޖެހި އިންސާފުވެރިކަމާއެކު، ރައްޔިތުންނަށް ހަބަރާއި މައުލޫމާތު ގެނެސްދޭނެ ނޫސްވެރިކަމަކީ ޑިމޮކްރަސީއެއްގެ ހަތަރުވަނަ ބާރު ކަމީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫންކަމަށެވެ.
"އިންސާނީ ކަރާމާތް ދަމަހައްޓާ، ތެދުވެރި ކަމާއެކު ހަގީގަތް ހާމަކުރުމުގައި ނޫސްވެރިން އަދާކުރަންޖެހޭ ދައުރު ވެރިކަމުގެ ފަރާތުން ހަނިކޮށް ދަތިކޮށްގެން ނުވާނެ" ގާސިމް ވިދާޅުވެފައިވެއެވެ.
https://twitter.com/qasimibrahim/status/1653831365861974016?s=46&t=2X59PdwL-a2heYbWdZTT1g
ގާސިމް މިހެން ވިދާޅުވެފައިވާއިރު ނޫސްވެރިކަމުގެ މިނިވަންކަމުގެ ރޭންކިންގައި ރާއްޖެ އަންނަނީ އަހަރެއް އަހަރަކަށް ފަހަތައް ވެއްޓެމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް