ސަފާރީއެއްގެ ބުރަފަތީގައި ޖެހި ރަސްގެތީމު ކައުންސިލު ކުރީގެ ނައިބުރައީސް ނިޔާވެއްޖެ

ސަފާރީއެއްގެ ބުރަފައްޗެއްގައި އޮޅުނު ވަލެއް ނައްޓަން މޫދަށް ފޭބި ވަގުތު ބުރަފަތިން ޖެހި ރ. ރަސްގެތީމު ކައުންސިލުގެ ކުރީގެ ނައިބު ރައީސް ނިޔާވެއްޖެއެވެ. އުމުރުން 55 އަހަރުގެ މުހައްމަދު އިބްރާހިމް ނިޔާވ...

03 May 2023 | 18:08

ސަފާރީއެއްގެ ބުރަފައްޗެއްގައި އޮޅުނު ވަލެއް ނައްޓަން މޫދަށް ފޭބި ވަގުތު ބުރަފަތިން ޖެހި ރ. ރަސްގެތީމު ކައުންސިލުގެ ކުރީގެ ނައިބު ރައީސް ނިޔާވެއްޖެއެވެ.

އުމުރުން 55 އަހަރުގެ މުހައްމަދު އިބްރާހިމް ނިޔާވީ މިއަދު ހަވީރު 05:30 ހާއިރު ހިނގި ހިތާމަވެރި ހާދިސާއެއްގައެވެ.

ސަފާރީގެ ބުރަފަތީގައި އޮޅުނު ވަލެއް ނައްޓާލަން މުހައްމަދު އިބްރާހިމް މޫދަށް ފޭބީ ރ. އިނގުރައިދޫ ފަޅުތެރޭގައި އެ ސަފާރީ އޮއްވައެވެ. ވާ ނައްޓަން ފޭބީ އިންޖީނު ނިވާނުލާ ހުއްޓާކަމުން ވާ ނައްޓަން އުޅުމުގެ ތެރޭގައި ބުރަފައްޗަށް މީހާ ދަމައިގަތީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ދުވަހަށް މައުލޫމާތުދެއްވަމުން އިނގުރައިދޫ ކައުންސިލްގެ މެންބަރު އިބާދުﷲ މުހައްމަދު ވިދާޅުވީ އެ ހާދިސާ ތަހުގީގު ކުރުމަށް ފުލުހުން މިހާރު ހަރަކާތްތެރިވަމުން އަންނަ ކަމަށާއި މުހައްމަދު އިބްރާހިމްގެ މޫނު ދެއްކުން މިރޭ 11 ޖަހާއިރު އަދި ޖަނާޒާ މިރޭ 11:30 ހާއިރު ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށެވެ.

ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި މުހައްމަދު އިބްރާހިމް ނިޔާވި އިރު އޭނާގެ އަތްންބަކާއި ދަރިއަކު ހުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް