ރަސްމީ ދަތުރުފުޅެއްގައި، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު މިރޭ އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.
ރައީސް އޮފީހުން ހާމަކޮށްފައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މިދަތުރުފުޅަކީ، އިނގިރޭސި ވިލާތުގެ ރަސްގެފާނު ޗާލްސް ތިން ވަނަ، ރަސްކަމުގެ ތަޚުތުގައިވެޑުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.
އިނގިރޭސި ރަސްކަމުގެ ތަހުތަށް ރަސްމީ ގޮތުން ޗާލްސް ތިނެއް ވެޑުވުމުގެ ރަސްމިއްޔާތު އޮންނާނީ މި މަހުގެ ހައެއް ވާ ހޮނިހިރު ދުވަހުގައެވެ. އެ ރަސްމިއްޔާތުގައި ޗާލްސްގެ އަނބިކަނބަލުން ރާނީ ކެމީލާވެސް ތަހުތުގައި ވެޑުވުން ކުރިއަށްދާނެއެވެ.
ކުލަގަދަ ރަސްމިއްޔާތެއްގެ ގޮތުގައި މި ރަސްމިއްޔާތު ކުރިއަށްގެންދާއިރު، ޗާލްސް ތިނަކަށް ރަސްގެފާނުގެ ސިޔާދަތީ ބާރު ރަސްމީކޮށް ހަވާލުކުރުމާއި އިސްތަށިފުޅުގައި ތާޖު އެޅުވުން އޮންނާނީ މި ރަސްމިއްޔާތުގެ ތެރޭގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް