މާލެ ސިޓީގެ 50،000 ގެއަށް ރީޔޫސަބަލް ކޮތަޅު ބެހުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލްގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ އިތުރުން ހުޅުމާލެ އަދި ވިލިމާލެ ހިމެނޭ ގޮތަށް 50،000 ގެއަށް ކޮތަޅު ބެހުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ކޮތަޅު ބަހަން ނިންމީ ގިނަ ބައެއްގެ މަޝްވަރާއާއެކު ކަމަށް ޑރ. މުއިއްޒު ވިދާޅުވެފައި ވެއެވެ.
އެގޮތުން މާލޭ ސިޓީ ކައުންސިލުން ނިންމާފައި ވަނީ 25 ކޮތަޅު ހިމެނޭ ރީޔޫސަބަލް ކޮތަޅު ޕެކު ހެދުމަށެވެ. މިގޮތުން މި ކަމަމަށް ގާތްގަނޑަކަށް 1.5 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ސިޓީ ކައުންސިލުން ވަނީ ލަފާކޮށްފަ އެވެ.
މާލޭ ސިޓީ ކައުންސިލުން ކޮތަޅު ބެހުމަށް ނިންމާފައި ވާއިރު ކުނި މެނޭޖުކުރުމުގެ ގާނޫނުގެ ދަށުން ޕްލާސްޓިކް ކޮތަޅަކުން ދެ ރުފިޔާގެ ފީއެއް ނަގަން ވަނީ ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް