ގަހެއްގެ ގޮފިގަނޑަކުން ޖެހި މީހަކު މަރުވެއްޖެ

ރިސޯޓެއްގައި ގަހެއް ކަނޑަނިކޮށް ގޮފިގަނޑެއް ވިއްސައިގެން ގޮސް ޖެހި، މީހަކު މަރުވެއްޖެއެވެ. މިކަން ހާމަކޮށް ފުލުހުން މިއަދު ބުނީ ދެކުނުގެ ރިސޯޓެއްގައި ގަހެއް ކަނޑަނިކޮށް ގޮފިގަނޑެއް ވިއްސައިގެން ގޮސް މ...

03 May 2023 | 12:57

ރިސޯޓެއްގައި ގަހެއް ކަނޑަނިކޮށް ގޮފިގަނޑެއް ވިއްސައިގެން ގޮސް ޖެހި، މީހަކު މަރުވެއްޖެއެވެ.

މިކަން ހާމަކޮށް ފުލުހުން މިއަދު ބުނީ ދެކުނުގެ ރިސޯޓެއްގައި ގަހެއް ކަނޑަނިކޮށް ގޮފިގަނޑެއް ވިއްސައިގެން ގޮސް މީހެއްގެ ބޮލުގައި ޖެހި އަނިޔާވެފައިވާ ކަމަށެވެ.

އަދި އޭނާ އަށް ލިބުނު އަނިޔާތަކަށް ފަރުވާ ދިނުމަށް މިއަދު ހެނދުނު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް މިއަދު ހެނދުނު 9:03 ހާއިރު ރިޕޯޓް ކޮށްފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މީގެ އިތުރުން އޭނާއަށް ފަރުވާދެމުން ދަނިކޮށް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށް ފުލުހުން ބުނެފައި ވެއެވެ.

މި ހާދިސާގައި މަރުވެފައިވަނީ 61 އަހަރުގެ ދިވެހި ފިރިހެނެކެވެ. މއަދި މި ކަމާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް