ފޭސް ދޭއްގައި އެކްސިޑެންޓުވި 20 އަހަރުގެ ޒުވާނަކު ސީރިއަސް ހާލަތުގައި

ހުޅުމާލޭ ފޭސް ދޭއްގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ. މި އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ކުރީ އިއްޔެ ހަވީރު3:17 ހާއިރު އެވެ. އެކ...

03 May 2023 | 04:03

ހުޅުމާލޭ ފޭސް ދޭއްގައި އިއްޔެ ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާގެ ހާލު ވަރަށް ސީރިއަސް ކަމަށް ފުލުހުން ބުނެފި އެވެ.

މި އެކްސިޑެންޓުގެ ރިޕޯޓު ފުލުހުންނަށް ކުރީ އިއްޔެ ހަވީރު3:17 ހާއިރު އެވެ. އެކްސިޑެންޓުގައި އަނިޔާވީ20 އަހަރުގެ ޒުވާނަކަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި ހާދިސާ ހިނގީ ސައިކަލަކާއި ޕިކަޕެއް ޖެހިގެން ކަމަށެވެ. ޕިކަޕު ދުއްވަން އިން މީހާއަށް އެއްވެސް އަނިޔާއެއް ލިބުނު ކަމެއް ނޭނގެ އެވެ.

20 އަހަރުގެ ޒުވާނާއަށް ފަރވާ ދެމުން ދަނީ ހުޅުމާލޭ ހޮސްޕިޓަލްގައި އެވެ.

އޭނާ މަރުވި ކަމަށް ރޭ ހަބަރު ފެތުރުނަސް ފުލުހުން މިއަދު ވަނީ އެކަން ދޮގުކޮށްފައި އެވެ. މީޑިއާ އޮފިޝަލް ވިދާޅުވީ ޒުވާނާ މަރު ނުވާ ކަމަށާއި އެކަމަކު ހާލު ވަރަށް ސީރިއަސް ކަމަށެވެ.

މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް