ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތަށް ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓު ގެންގޮސްފި

ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނެފި އެވެ. އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މަސައްކަތަށް ބޭނުންވާ ބޮޑު ހިލަ...

03 May 2022 | 17:24

ބ. ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢު ބާރު ސްޕީޑުގައި ކުރިޔަށްދާ ކަމަށް އެ މަސައްކަތް ކުރާ އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ ދަށުން މަސައްކަތަށް ބޭނުންވާ ބޮޑު ހިލައިގެ ފުރަތަމަ ޝިޕްމެންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށެވެ. މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުން ހިމެނެ އެވެ.

ދަރަވަންދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގެ ދަށުން، 10،800 ކިއުބިކް މީޓަރުގެ ވެލި، ގިރާ ސަރަޙައްދަށް އެޅުމަށް ހަމަޖެހިފައިވެ އެވެ. އަދި 490 މީޓަރު ބޭރުތޮށި ލުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން މައުލޫމާތުދެ އެވެ.

މީގެ އިތުރުން 96 މީޓަރުގެ ރިވެޓްމެންޓް ޖެހުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުނެ އެވެ.

މިއީ 22.14 މިލިއަން ރުފިޔާގެ މަޝްރޫއު އެކެވެ. މި މަޝްރޫއު ނިންމަން އެ ކުންފުންޏާއި ހަވާލުކޮށްފައިވަނީ 180 ދުވަހުގެ ތެރޭގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް