ގއ. ވިލިނގިލީގައި އަންހެނެއްގެ އަތުގައި ދަތް އަޅައި، އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި ތުހުމަތު ކުރެވޭ ފިރިހެނަކު ކޯޓުގެ ހުރުމަތް ކަނޑައިގެން ޖަލަށް ލާން އަމުރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ވިލިނގިލީގައި އަންހެނެއްގެ އަތުގައި ފިރިހެނަކު ދަތް އަޅައި، އޭނާގެ އިނގިލި ބުރިކޮށްލި މައްސަލައިގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ހައްޔަރުކުރީ ގ. ޗެރީ، އަލީ ހަސަން 35އ ކަމަށެވެ.
ފުލުހުން ބުނީ އެ ހަމަނުޖެހުމުގެ ތެރޭގައި ހަތަރު މީހަކަށް އަނިޔާވެފައިވާކަމަށް ފުލުހުން ބުނެފައި ވެއެވެ. މި ހަމަނުޖެހުން ހިންގައިގެން ފުލުހުންނަށް ރިޕޯޓު ކުރީ އިއްޔެ އެވެ.
މީގެ އިތުރުން ފުލުހުން ބުނީ އޭނާ ހައްޔަރުކޮށް ތަހުގީގަށް ބަންދުކުރުމުގެ ހުއްދަ ހޯދަން ވިލިނގިލީ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން، ކޯޓުގެ ހުރުމަތް ކަނޑާލާފައިވާ ކަމަށެވެ
އެހެންވެ އޭނާ 150 ދުވަހަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ ކަމަށެވެ. އަދި އޭނާއާ ދެކޮޅަށް ބަލަމުންދާ މައްސަލައިގެ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް