ޤުރުއާނާ ބެހޭ މަރުކަޒުގެ ޓީޗަރުންނަށްވެސް މިމަހުން ފެށިގެން މުސާރަ ބޮޑުވާނެ: މިނިސްޓްރީ

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ޓީޗަރުންނަށްވެސް މިމަހުން ފެށިގެން ބޮޑު މުސާރަ ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ. އެ ތަނަކީ އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ތަނަކަށް ވާތީ މަރުކަ...

03 May 2022 | 15:56

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުގެ ޓީޗަރުންނަށްވެސް މިމަހުން ފެށިގެން ބޮޑު މުސާރަ ލިބޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.

އެ ތަނަކީ އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގާ ތަނަކަށް ވާތީ މަރުކަޒުގެ ޓީޗަރުން މަސައްކަތް ކުރަނީ އެ މިނިސްޓްރީގެ ދަށުންނެވެ. އެކަމަކު އެއީ ސިވިސް ސާވިސް މުވައްޒަފުންގެ އިތުރުން އެޑިއުކޭޝަން މިނިސްޓްރީން ޓީޗަރުންނަށް އަމަލު ކުރުމަށް އެކުލަވާލާފައިވާ ގަވައިދުތައް އެ ޓީޗަރުންނަށް ހިނގައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ތައުލީމީ ދާއިރާގައި މަސައްކަތްކުރާ ޓީޗަރުންނެކޭ އެއްގޮތަށް ކީރިތި ޤުރްއާނާއި ބެހޭ ގައުމީ މަރުކަޒުގެ ޓީޗަރުންގެ މުސާރަ ވެސް މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ބޮޑުވެފައިވާ ކަމަށެވެ. އަދި އެ ދުވަހުން ފެށިގެން އެތަނުގެ މުވައްޒަފުންގެ މުސާރަ "ދައުލަތުގެ ޕޭ ފްރޭމް ވާކް" އަށް ބަދަލުކުރުމަށް ވަނީ ނިންމާފަ ކަމަށެވެ.

މިނިސްޓްރީން މިހެން ބުނެފައި މިވަނީ އެ މަރުކަޒުގެ މުވައްޒަފުންގެ މުސާރަ މިމަހުން ފެށިގެން މުސާރަ ބޮޑުވި ޓީޗަރުންގެ ތެރޭގައި ހިމެނިފައި ނުވާކަމަށް ބުނެފައިވަނިކޮށެވެ. އެ ތަނުގެ ޓީޗަރަކު ބުނީ އެކަމާއި ގުޅިގެން ޝަކުވާ ކުރުމުން މުސާރަ އަންނަ މަހުން ފެށިގެން ބޮޑުވާނެ ކަމަށް އަންގާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ އެ މުވައްޒަފުގެ ވާހަކައަކީ ސައްހަ މައުލޫމާތެއް ނޫން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް