އެސްޓީއޯގެ "އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް" ކެމްޕޭން ކުޅުދުއްފުށި ސިޓީ އަދި ފުވައްމުލައް ސިޓީގައި ފަށައިފިއެވެ.
އެސްޓީއޯ އިން ކުރިއަށް ގެންދާ މި ޕްރޮގްރާމް އެ ދެ ސިޓީގައި ފަށާފައި ވަނީ އިއްޔެއެވެ. އެ ކުންފުނިން ބުނީ އިއްޔެއިން ފެށިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި ފުވައްމުލަކު އަތޮޅު ހޮސްޕިޓަލުގައި ވިހާ ކޮންމެ ކުއްޖަކަށް އެސްޓީއޯގެ ހަދިޔާ ލިބޭނެ ކަމަށެވެ.
އެސްޓީއޯއިން ބުނީ އެ ކެމްޕޭން ކުރިއަށް އޮތްތާގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދަން ހަމަޖެހިފައިވާ ކަމަށެވެ.
މިހާރުވެސް ޓްރީޓޮޕް ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި އެ ޕްރޮގްރާމް ކުރިއަށް ގެންދެއެވެ.
މިއީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ "ފަހުރުވެރި އާއިލާ" ރިޔާސީ ވައުދެކެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަސް ތެރޭ ފަށަން ބުނި މި ކެމްޕެއިން ފެށިފައިވަނީ މިދިޔަ އަހަރު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް