ވަޒީފާގެ ފުރުސަތުތަކާއެކު އެމްޓީސީސީ އޯޕަން ޑޭ 11 ރަށެއްގައި

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) ގައިހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތުދީ ވަޒީފާއަށް ކުރިމަތިލެވޭނެ އިންތިޒާމުތަކާއެކު ރާއްޖޭގެ 11 ރަށ...

03 May 2022 | 14:25

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) ގައިހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭގޮތުން ރައްޔިތުންނަށް މައުލޫމާތުދީ ވަޒީފާއަށް ކުރިމަތިލެވޭނެ އިންތިޒާމުތަކާއެކު ރާއްޖޭގެ 11 ރަށެއްގައި އޯޕަންޑޭ ބޭއްވުމަށް ހަމަޖައްސައިފިއެވެ.

އޯޕަންޑޭ  ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 3-22 ވަނަ ދުވަހުގެ ނިޔަލަށެވެ. ބާއްވާ ރަށްތަކަކީ ހދ. ކުޅުދުއްފުށި، ހދ. ނޮޅިވަރަންފަރު، އައްޑޫ  ފޭދޫ، ހިތަދޫ، ހުޅުދޫމީދޫ، ފުވައްމުލައް، ލ.ގަން، ލ.އިސްދޫ، ށ.ފުނަދޫ، ޅ.ހިންނަވަރު އަދި ނައިފަރުގައެވެ.

އެގޮތުން މި ކެމްޕޭންގެ ފުރަތަމަ އިވެންޓް މިއަދު ހދ. ކުޅުދުއްފުށީގައި ބާއްވާފައިވާއިރު މާދަމާ އޯޕަންޑޭ ބޭއްވުމަށް ހަމަޖެހިފައިވަނީ ހދ.ނޮޅިވަރަންފަރުގައެވެ. މި އޯޕަންޑޭ ކުރިއަށް ގެންދިޔުމަށް ހަމަޖައްސާފައިވަނީ މާދަމާ (4 މެއި 2022) މެންދުރުފަހު 2:00 އިން ހަވީރު 5:00 އަށް އެރަށު ޕްރީ ސުކޫލުގައެވެ.

އެމްޓީސީސީގެ ތަފާތު 11 ވަޒީފާއެއްގެ ފުރުސަތާއެކު ހުޅުވާލާ މި ފުރުސަތުގައި ބައިވެރިވެ އެޕްލައި ކުރުމުގެ އިންތިޒާމުވަނީ ހަމަޖެހިފައެވެ. މަގާމުތަކަށް 12000- 33000 ރުފިޔާ  އާއި ދެމެދުގެ މުސާރަ ކަނޑައަޅާފައިވެއެވެ. އަދި މި ވަޒީފާގައި މެޑިކަލް އިންސުއަރެންސް އާއި ތަމްރީނުގެ ފުރުސަތު ލިބޭނެކަމަށްވެސް އެމްޓީސީސީއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް