ތިމަރަފުށި އެއާޕޯޓް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަނީ

ތ. ތިމަރަފުށި އެއާޕޯޓް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފިއެވެ. އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނުގައި ބުނީ ތިމަރަފުށި އެއާޕޯޓުގެ މަރާމާރުގެ މަސައްކަތް ކޮށްދިނުމަށ...

03 May 2022 | 10:01

ތ. ތިމަރަފުށި އެއާޕޯޓް މަރާމާތުކޮށްދޭނެ ބަޔަކު ހޯދަން އައިލެންޑް އޭވިއޭޝަނުން އިއުލާންކޮށްފިއެވެ.

އައިލެންޑް އޭވިއޭޝަނުން ކުރި އިއުލާނުގައި ބުނީ ތިމަރަފުށި އެއާޕޯޓުގެ މަރާމާރުގެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

އައިލެންޑް އޭވިއޭޝަނުން ބުނީ މަރާމާތު ކުރަންޖެހެނީ ތިމަރަަފުށީ އެއާޕޯޓްގެ އެކޮމޮޑޭޝަން ބްލޮކާއި ޕަސެންޖާ ޓާމިނަލްގެ އޮފީސް އޭރިއާ އާއި ފަޔާ އެންޑް ރެސްކިއު އިމާރާތާއި ޕަވާހައުސާއި ބޯޑިން ގޭޓް ޗެކިން އޭރިއާގެ އިތުރުން ސެކިއުރީޓީ ފެންސާއި ސެކިއުރިޓީ ގޭޓް ކަމަށެވެ.

މީގެ އިތުރުން މި މަސައްކަތާ ގުޅޭ މައުލޫމާތު ދިނުމާ ގުޅޭ ބައްދަލުވުމަށް ހާޒިރު ނުވާ ފަރާތްކަށް މި މަސައްކަތަށް ޝައުގުވެރިކަން ފާޅުކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތު ނުދެވޭނެ ކަމަށް ވެސް އައިލެންޑް އޭވިއޭޝަނުން ހާމަކުރެއެވެ.

މި މަސައްކަތައް ކުރިމަތި ލުމުގެ ސުންގަޑިއަކީ މި މަހުގެ އަށްވަނަ ދުވަހުގެ ހެނދުނު 11:00 އެވެ.

އެގޮތުން އައިލެންޑް އޭވިއޭޝަނުން ވަނީ މި މަހުގެ އަށް ވަނަ ދުވަހުގެ 11:00 ގެ ކުރިން  [email protected] އަށް ފޯމު ހުށަހެޅުމަށް އެދިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް