ފުވައްމުލަކު ސިޓީ ނެރު ކައިރިއަށް ޑައިވިނަށް ދިޔަ މީހާ ހޯދުމަށް ކަނޑާއި ވައިގެ މަގުން މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމީހާ ގެއްލުނީ3:35 ގައި އެވެ. އުމުރުން35 ވަރަކަށް އަހަރުގެ އެމީހާ ޑައިވިނަށް ފޭބި ކަމަށްވަނީ މެންދުރު2:30 ހާއިރު އެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ އިއްޔެ އިން ފެށިގެން އެމީހާ ހޯދުމުގެ އޮޕަރޭޝަންގައި ދެ ހާބާ ކްރާފްޓް ބޭނުންކުރަމުންދާ ކަމަށެވެ. އަދި އިއްޔެ55 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަހައްދެއް ބަލާފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ މި އޮޕަރޭޝަންގައި ބައިވެރިވުމަށް އެމްއެންޑީއެފްގެ ޑޯނިއާ ފްލައިޓުވެސް މިހާރު އެ ސަރަހައްދަށް ދަތުރު ކުރަމުންދާ ކަމަށެވެ.
މިމަސައްކަތުގައި އިއްޔެއިން ފެށިގެން ފުވައްމުލަކުގައި މަސައްކަތް ކުރާ ޑައިވަރުންވެސް ހަރަކާތްތެރިވަމުންދާ ކަމަށް ވިދާޅުވި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް