ކުރީގެ މަޝްހޫރު ތަރި މެރިލީންގެ މި ހެދުން މެޓްގާލާގައި ކިމްއަށް ލެވުނީ ބުރަ މަސައްކަތަކުން!

އެމެރިކާގައި 1950ގެ އަހަރުތަކާއި 1960ގެ ކުރީ ކޮޅު މަޝްހޫރުކަން ހޯދި ފަންނާނު މެރިލީން މޮންރޯއީގެ ހެދުމެއް މެޓްގާލާގައި ލައިގެން އެ ގައުމުގެ މިހާރުގެ މަޝްހޫރު ފަންނާނު ކިމް ކާޑޭޝަން މީހުންގެ ސަމާލުކަން...

03 May 2022 | 06:11

އެމެރިކާގައި 1950ގެ އަހަރުތަކާއި 1960ގެ ކުރީ ކޮޅު މަޝްހޫރުކަން ހޯދި ފަންނާނު މެރިލީން މޮންރޯއީގެ ހެދުމެއް މެޓްގާލާގައި ލައިގެން އެ ގައުމުގެ މިހާރުގެ މަޝްހޫރު ފަންނާނު ކިމް ކާޑޭޝަން މީހުންގެ ސަމާލުކަން ހޯދައިފި އެވެ.

1962 ވަނަ އަހަރު މޮންރޯއީ އެ ހެދުންލީ އެމެރިކާގެ އޭރުގެ ރައީސް ޖޯން އެފް ކެނެޑީގެ އުފަން ދުވަހުގެ ތަހުނިޔާ ކިޔައި ލަވައެއް ކިޔުމަށެވެ. އެ އަހަރު އޭނާ މަރުވެފައިވަނީ މަސްތުވާތަކެތި ބޭނުންކޮށްގެން އޯވާ ޑޯޒު ވެގެންނެވެ.

އޭގެ ފަހުން މި ހެދުން ކިމް ފިޔަވާ އިތުރު މީހަކު ލާފައި ނުވާކަމަށްވެ އެވެ. 1،440 އެމެރިކާ ޑޮލަރު ހަރަދުކޮށްގެން މޮންރޯއީ ފެހި މި ހެދުން އޭނާ މަރުވުމުން ހެދުން ފެހި ފަރާތުން އެންމެ ފުރަތަމަ ވިއްކާލީ 1999 ވަނަ އަހަރު 1.26 މިލިއަން ޑޮލަރަށެވެ.

އޭގެ ފަހުން 2016 ވަނަ އަހަރު މި ހެދުން 4.6 މިލިއަން ޑޮލަރަށް ވިއްކާލި އެވެ. މިހާރު ހެދުން ބަހައްޓާފައި ހުންނަނީ ރިޕްލޭސްގެ ބިލީވް އިޓް އޯ ނޮޓް މިއުޒިއަމްގެ މެރިލިން މަންރޯގެ ކަލެކްޝަންގައި އެވެ. މެޓް ގާލާގައި މި ހެދުން ލުމަށް ކިމްއަށް ފުރުސަތު ދިނީ އެ ކަލެކްޝަންގެ އަމިއްލަ އިސްނެގުމަށެވެ.

https://www.instagram.com/p/CdE89FtK4cG/

މެޓް ގާލާގައި މިއަހަރު އެންމެންގެ ސަމާލުކަން ކިމްއަށް ހުއްޓުނީ އެ ހެދުމަށް އުނި އިތުރެއް ނުގެނެސް އޭނާ ހެދުން ލައިގެން ހުރުމުންނެވެ. މިކަމާއި ގުޅިގެން ކިމް ބުނީ އެ ހެދުން ލުމަށް ފިޓުވާން އޭނާ ތިން ހަފްތާ ތެރޭގައި އޭނާ ހަތް ކިލޯ ލުއިކޮށްފައިވާ ކަމަށެވެ.

ކިމް ބުނީ އެ ތިން ހަފްތާގައި އޭނާ އެއްވެސް ވަރަކަށް ހަކުރު ހިމެނޭ ކާއެއްޗެއް ކައިފަ ނުވާނެ ކަމަށެވެ. ހަމައެކަނި ކެއީ ތަރުކާރީ އާއި ޕްރޮޓީންސް އެކުލެވޭ ތަކެތި ކަމަށެވެ. ހިކެން ނުކައި ނުހުންނަ ކަމަށާއި ހަމައެކަނި ކުރި ކަމަކީ ވަކި ބާވަތްތަކެއްގެ ކާނާ ނުކެއުން ކަމަށް ކިމް ބުންޏެވެ.

ކިމް މެޓް ގާލާއަށް ދިޔައީ ލޯބިވެރިޔާ ޕީޓާ ޑޭވިޑްސަން އާއި އެކު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް