އުތުރުގެ ރަށެއްގައި ކުޑަކުއްޖަކަށް ޖިންސޯ ގޯނާ ކުރި މައްސަލައެއްގައި ދިވެހި ފިރިހެނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ މަހުގެ 30 ވަނަ ދުވަހު މައްސަލަ ހުށަހަޅާފައިވަނީ ނ، ރ، ބ އަދި ޅ އަތޮޅު ހިމެނޭ ނޯތް ޕޮލިސް ރީޖަންގެ ރަށަކުން ކަމަށެވެ. މައްސަލަ ހުށަހެޅީ18 އަހަރުން ދަށުގެ ކުއްޖަކަށް އިތުބާރު ހިފޭ މަގާމެއްގައި ހުރި މީހަކު ޖިންސީ ގޯނާކޮށްގެންނެވެ.
މި މައްސަލައިގަ ފުލުހުން އިއްޔެ ހައްޔަރު ކުރީ40 އަހަރުގެ ދިވެހި ފިރިހެނެކެވެ. އެމީހާގެ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
ކުޑަކުއްޖެއްގެ މައްސަލައަކަށް ވާތީ ފުލުހުން އިތުރު މައުލޫމާތު ހާމައެއް ނުކުރެ އެވެ. އެކަމަކު މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލައިގަ ހައްޔަރު ކުރީ ކުއްޖާގެ ދޮން ބައްޕަ އެވެ.
މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދަނީ ޖެންޑާ މިނިސްޓްރީ އާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް