ކޯވިޑްގައި ބޮޑުވަރުވެ އޮކްސިޖަން ދޭންޖެހޭ މީހުން ރާއްޖޭގައި އިތުރުވެއްޖެ

ރާއްޖޭގައި ކޯވިޑް-19 ޖެހި ބަލީގައި ބޮޑުވަރުވެ އޮކްސިޖަން ދޭންޖެހޭ މީހުން އިތުރުވަމުންދާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ. ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގ...

03 May 2021 | 18:12

ރާއްޖޭގައި ކޯވިޑް-19 ޖެހި ބަލީގައި ބޮޑުވަރުވެ އޮކްސިޖަން ދޭންޖެހޭ މީހުން އިތުރުވަމުންދާ ކަމަށް ހެލްތް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް ރޭޑިއޮލޮޖިސްޓް ޑރ. ފާތިމަތު މުފްލިހާ މިރޭ ވިދާޅުވީ އެޑްމިޓްކުރަންޖެހޭ މީހުންގެ އަދަދު އިތުރުވެ ހޮސްޕިޓަލްގެ ކެޕޭސިޓީ ފުރެމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ސިއްހީ އެހީތެރިންނަށް އެކަށީގެންވާ ހިދުމަތް ނުދެވޭ ހިސާބަށް ކަންތައް ގޯސްވުމުގެ ނުރައްކާ އޮތްކަމަށެވެ،

އަދި މިހާރު ރާއްޖޭގައި އިތުރު ވޭރިއެންޓުތައް އުޅުމުގެ ފުރުސަތު ބޮޑު ކަމަށް ވިދާޅުވި އެވެ. ޑރ. މުފްލިހާ ވިދާޅުވީ މިހާޜު އުޅޭކަމަށް ބެލެވޭ ވޭރިއެންޓުތަކުގެ ތެރޭގައި ޕީސީއާރު ޓެސްޓަށް ނުދައްކާ ވޭރިއެންޓާއި، ފުއްޕާމެއަށް ވަގުތުން ނިއުމޯނިއާ ޖައްސާ ވޭރިއެންޓެއް ހިމެނެ އެވެ.

ބަލި ކޮންޓްރޯލް ކުރަން އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުމަކީ މުހިންމު ކަމަކަށްވާއިރު، ރާއްޖެއިން މިހާތަނަށް ފުރަތަމަ ޑޯޒު ފުރިހަމަކޮށްފައިވަނީ 297،639 މީހުންނެވެ. އެއީ ވެކްސިން ޖެހުމުގެ ޝަރުތު ހަމަވާ މީހުންގެ ނިސްބަތުން ބަލާނަމަ 67 ޕަސެންޓެވެ.

އޭގެ ތެރެއިން ދެ ޑޯޒު ފުރިހަމަ ކޮށްފައިވަނީ 108،494 މީހުންނެވެ. އެއީ ވެކްސިން ޖެހުމުގެ ޝަރުތު ހަމަވާ މީހުންގެ ނިސްބަތުން ބަލާނަމަ 24.5 ޕަސެންޓެވެ.

މިއަދު އެކަނިވެސް 585 މީހުން ކޯވިޑް19އަށް ޕޮޒިޓިވްވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދަކީ 6،033 އެވެ. އަދި ބަލި ޖެހުނު މީހުންގެ ޖުމުލަ އަދަދު 31،330އަށް ވަނީ އަރާފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް