މިއަދުވެސް ރެކޯޑު އަދަދަކަށް ކޯވިޑް ޖެހުނު ދުވަހެއް، 585 މީހުން ޕޮސިޓިވް

ކޯވިޑް-19 އަށް އިތުރު 585 މީހުން ޕޮސިޓިވް ވެއްޖެ އެވެ. މިއަދު މާލެ ޕޮސިޓިވްވެފައިވަނީ 379 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 160 މީހަކު ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން 11 މީހަކު ޕޮސ...

03 May 2021 | 17:48

ކޯވިޑް-19 އަށް އިތުރު 585 މީހުން ޕޮސިޓިވް ވެއްޖެ އެވެ.

މިއަދު މާލެ ޕޮސިޓިވްވެފައިވަނީ 379 މީހުންނެވެ. އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށްތަކުން 160 މީހަކު ޕޮސިޓިވްވެފައިވާއިރު ރިސޯޓުތަކުން 11 މީހަކު ޕޮސިޓިވްވެފައިވެ އެވެ. ދެން ޕޮސިޓިވްވެފައިވަނީ އިންޑަސްޓްރިއަލް ރަށްތަކުން 15 މީހުންނާއި ތަރައްގީ ކުރަމުންދާ ރަށްރަށުން ދެ މީހެކެވެ.

މިއަދު ކޯވިޑަށް ޓެސްޓުކޮށްފައި ވަނީ 4،255 ސާމްޕަލެވެ.

މިވަގުތު 6،033 މީހަކަށް ކޯވިޑް ޖެހިގެން ދަނީ ފަރުވާ ދެމުންނެވެ. އޭގެ ތެރެއިން 173 މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެންނެވެ.

ކޯވިޑް ޖެހުނު މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރު ތެރޭގައި 147 މީހަކު ވަނީ ބަލިން ރަނގަޅުވެފައި އެވެ. މިއާއި އެކު ރާއްޖެއިން ކޯވިޑް ޖެހުނު މީހުންގެ ތެރެއިން ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 25،214 އަށް އަރާފައި އެވެ.

ކޯވިޑް ޖެހިގެން މިހާތަނަށް މަރުވެފައިވަނީ 74 މީހުންނެވެ.

މިހާތަނަށް ރާއްޖެއިން ކޯވިޑް-19 އަށް ޕޮސިޓިވް ވެފައިވަނީ 31،330 މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް