ކ. ގުރައިދޫ މޮނީޓަރިން އަށް ލައިފި އެވެ.
ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއި ކުރައްވާ، އެ ރަށުގެ ކައުންސިލަށް އެޗްޕީއޭއިން ފޮނުވާފައިވާ އެންގުމުގައި ބުނެފައިވަނީ އެ ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނައީ ކޯވިޑް-19 އިން ރައްކާތެރިވުމަށް ސިއްޙީގޮތުން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމަށް ކަމަށެވެ.
އެހެންކަމުން ރަށުގައި މިވަގުތު ތިބި އެއްވެސް މީހަކު، ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ވަކި ގޮތެއް އަންގަންދެން ރަށުން ފޭބުމާއި، އެ އޭޖެންސީގެ ހުއްދަނެތި އެއްވެސް މީހަކު ރަށަށް އެރުން މަނާކޮށް، ރަށް ވަނީ މޮނިޓަރިންގް އަށް ލެވިފައި ކަމަށް އެ ލިޔުމުގައިވެއެވެ.
ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވަމުން ދާއިރު، އެޗްޕީއޭއިން ބުނެފައިވާގޮތުގައި އިއްޔެ 508 މީހަކު ޕޮޒިޓިވް ވެފައިވާއިރު މާލެ ސަރަހައްދުން އެކަނި 276 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެފައިވެއެވެ. އަދި އަތޮޅުތަކުން 185 މީހަކު ޕޮޒިޓިވް ވެފައިވާކަމަށާއި ރިސޯޓްތަކުން 12 އަދި ލިވަބޯޑުތަކުން ތިނެއް އަދި އިންޑަސްޓްރިއަލް ރިސޯޓްތަކުން 32 މީހަކު ޕޮޒިޓިވް ވެފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.
އަދަދުތަކަށް ބަލައިލާއިރު އެކްޓިވް ކޭސްތަކުގެ އަދަދު 5594 އަށް މިވަނީ އަރާފައެވެ. އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދުވެސް މިވަނީ 172 އަށް އަރާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް