"މީގެ 13 އަހަރު ކުރީގެ ރަން ހަނދާން"

ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) މިއަދު ޓުވިޓާއި ހިއްސާ ކުރީ ވަރަށް ތާރީހީ ހަނދާނުން ފޮހެނުލެވޭނެ ދުވަހަކާއި ކަމެއްގެ ވާހަކަ އެވެ. ދަގަނޑޭ ހިއްސާކޮށްފައިވަނީ 2008 ވަނ...

03 May 2021 | 16:27

ރާއްޖޭގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) މިއަދު ޓުވިޓާއި ހިއްސާ ކުރީ ވަރަށް ތާރީހީ ހަނދާނުން ފޮހެނުލެވޭނެ ދުވަހަކާއި ކަމެއްގެ ވާހަކަ އެވެ.

ދަގަނޑޭ ހިއްސާކޮށްފައިވަނީ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ދިވެހި ގައުމީ ޓީމާއި އިންޑިއާގެ ގައުމީޓު ފައިނަލްގައި ބައްދަލު ކުރި މެޗުގައި ހިނގާދިޔަ ބައެއް ކަންކަމާއި އެ މެޗުގައި ރާއްޖެއިން ޖެހި ލަނޑު ފެނިގެންދާ ވީޑިއޯ އެކެވެ.

އެ ވީޑިއޯ ހިއްސާ ކުރަމުން ދަގަނޑޭ ބުނެފައިވަނީ "13 އަހަރު ކުރީގެ ރަން ހަނދާން" ކަމަށެވެ.

https://twitter.com/AliAshfaq07/status/1389175216123695108

"ޝުކުރިއްޔާ ޤައުމީ ބަޠަލް ދަގޭ. ދަގޭ ފެންވަރުގެ މޮޅު ކުޅުންތެރިއެއް އަހަރެމެންނަށް ދެން ފެންނާނީ ކޮންދުވަހަކުންބާއޭ ހިތަށްއަރާ. ދިވެހި ފުޓުބޯޅައަށް ހަޤީޤީ ކުރިއެރުމެއް ލިބޭތަނެއް ނުފެނޭ. " ވީޑިއޯއަށް ކޮމެންޓް ކުރި ފަރާތަކުން ބުނެފައިވެއެވެ.

ދިވެހިންގެ ލޭ ކައްކުވާލި އެ ދުވަހުގެ ހަނދާންތައް އާވެ، ވީޑިއޯތައް ބަލާލުމުން މިހާރުވެސް ގައިން ހީބިހި ނަގާމަކަށް ބައެއް މީހުން ބުނެއެވެ.

" އެމެޗް ބަލަން ހުރީ ސިނަމާލެ ފްލެޓް ކައިރީ ހުންނަ ޔޫތު ސެންޓަރުގަ.ޓޫކިލޯ އެލަނޑު ވައްދާލީމަ ނޭނގޭ ހަޅޭކުގެ އަޑުތައް ވަށައިގެން އިވޭ.ދުވަހަކުވެސް އެހާ އުފަލެއް ނުވެ ރާއްޖޭގެ މެޗެއް ބަލަމުންނެއް.އެހެންނޫނީ ފައިނަލް ގަވެސް ފަހުވަގުތު ހިތްދަތި ގޮތަކަށް ބަލިވާނީ." އިތުރު މީހެއް ބުނެފައި ވެއެވެ.

ރާއްޖެއާއި ސްރީލަންކާގައި ބޭއްވި 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ރާއްޖެއަށް ކާމިޔާބުކޮށްދިނުމުގައި ދަގަނޑޭ ވަނީ އިސްދައުރެއް އަދާކޮށްފައެވެ. ގަނޑޭއަކީ ސާފް ޗެމްޕިއަންޝިޕްގެ ތާރީހުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

އޭނާ ވަނީ ގައުމީ ޓީމަށް 2005، 2008، 2009، 2011 އަދި 2013 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ކުޅެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް