ކަދުރު ނުގެންދާ ފަގީރުންނަށް ފަހު ފުރުސަތު ދީފި

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު ނުގެންދާ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް ފަހު ފުރުސަތު ދީފި އެވެ. އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ 1441 ވަނަ އަހަރުގެ ފަގީރުންނާއި މިސް...

03 May 2021 | 15:08

ސައުދީ އަރަބިއްޔާއިން ރާއްޖެއަށް ހަދިޔާ ކުރި ކަދުރު ނުގެންދާ ފަގީރުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް ފަހު ފުރުސަތު ދީފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ 1441 ވަނަ އަހަރުގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަދުރު ބެހުމަށް ހުޅުވާލި ފުރުސަތުގައި އަދިވެސް ބައެއް ފަރާތްތަކުން ކަދުރު ނުގެންގޮސް އެބަހުރި ކަމަށެވެ. އެ ފަރާތްތަކަށް ކަދުރު ގެންދިއުމަށް ވަކި މުއްދަތެއް ކަނޑައަޅައިި ފަހު ފުރުސަތު ދީފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

އެގޮތުން ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ ކަދުރު ނުގެންދާ މީހުން އަންނަ ބުރާސްފަތި ދުވަހުގެ މެންދުރު12:00 އަށް ކަދުރު ގެންގޮސް ނިންމުމަށް އެދިފަވެ އެވެ.

އަދި އެ މުއްދަތާއި ހަމައަށް ނުގެންދާ ކަދުރުތައް ހާއްސަ އެހީއަށް ބޭނުންވާ އެކި ފަރާތްތަކަށް ރޯދަ މަސް ނިމުމުގެ ކުރިން ބަހައި ހުސްކޮށްލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ސައުދީން ރާއްޖެއަށް ހަދިޔާ ކުރާ ކަދުރު މީގެ ކުރިން ހުރިހާ ގޭބިސީއަކަށް ބެހި ނަމަވެސް މިދިޔަ އަހަރުން ފެށިގެން އެ ކަދުރު ބަހަމުން އަންނަނީ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ހިމެނޭ މީހުންނަށެވެ. އަތޮޅު ތެރޭގެ ރަށްތަކަށް ކަދުރު ފޮނުވަނީ އެ ރަށެއްގައި ފަގީރުންގެ ދަފުތަރުގަ މީހުން ރެޖިސްޓްރީވެފައިވާ ނަމައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް