އެމްޓީސީސީގެ 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގެ މާލީ ނަތީޖާ މިއަދު ވަނީ އެ ކުންފުނީގެ ވެބަސައިޓްގައި
އާންމުކޮށްފައެވެ. އެކުންފުނީގެ 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގެ މާލީ ނަތީޖާ ދައްކާގޮތުން ޓެކުހަށް ކެނޑުމުގެ ކުރިން
ސާފު ފައިދާގެ ގޮތުގައި 72.55 މިލިއަން ރުފިޔާ ވަނީ ކުންފުންޏަށް ލިބިފައެވެ.
މިއީ 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގެ ނަތީޖާއާއި އަޅާބަލާއިރު %16.40 އިތުރު އަދަދެއް ކަމަށް އެމްޓީސީސީއިން ބުނެއެވެ.
ކުންފުނީގެ 2021 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ މާލީ ނަތީޖާގެ ތަފްސީލަށް ނަޒަރު ހިންގާލާއިރު، ފުރަތަމަ
ކުއާޓާރގައި ޖުމުލަ 423.12 މިލިއަން ރުފިޔާގެ (2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރ: 353.53 މިލިއަން ރުފިޔާ) އާއި
ވިޔަފާރި ކޮށްގެން 82.31 މިލިއަން ރުފިޔާ، ހިންގުމުގެ ފައިދާގެ ގޮތުގައި (2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރ: 44.72
މިލިއަން ރުފިޔާ) ރިކޯޑްކުރެވިފައި ވެއެވެ.
އަދި 2020 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ޓެކުހައްކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި ވަނީ 61.67 މިލިއަން ރުފިޔާ (2020 ވަނަ އަހަރުގެ މިމުއްދަތުގައި: 52.98 މިލިއަން ރުފިޔާ) ރިކޯޑްކުރެވިފައި ވާ ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ނަތީޖާއާއި އެކު ހިއްސާއަކަށް ޖެހުނު ފައިދާވަނީ 7.67 ރުފިޔާއަށް އަރާފައެވެ.
2021 ވަނައަހަރުގެ ފުރަތަމަ ކުއާޓާރގައި އެމްޓީސީސީއިން ހާސިލްކޮށްފައިވާ ލަނޑުދަނޑިތަކަށް ބަލާއިރު، ރާއްޖޭގެ
ޢުމްރާނީ ތަރައްޤީގެ ބައިވެރިއެއްގެ ގޮތުން ފުރަތަމަ ކުއާޓާރގައި ވަނީ ޢުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް
ކާމިޔަބުކަމާއިއެކު ހިންގާފައެވެ.
އެގޮތުން 77 މަޝްރޫއެއްގައި މަސައްކަތްކުރެވި 05 މަޝްރޫއެއްގެ މަސައްކަތްތަނީ ކަމިޔާބުކަމާއިއެކު ނިންމާލާވިފައެވެ. އަދި 15 ޕްރޮޖެކްޓެއްގެ މަސައްކަތް މި ކުއަރޓާގައި ފަށާފައި ވެއެވެ. ކުންފުނީގެ އާންމު ވިޔަފާރި ދާއިރާއާއި ކުންފުނީގެ އެހެނިހެން ވިޔަފާރި ދާއިރާތަކަށް އަމާޒުކޮށް ތަފާތުއެކި މާކެޓިން ހަރަކާތްތަކެއްވެސް މިކުއާޓާރ ތެރޭގައިވަނީ ހިންގިފައި ވާނެ ކަމަށް އެމްޓީސީސީއިން ބުނެއެވެ.
އަދި އިންޓެގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ ފުރަތަމަ ފިޔަވަހީގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރާއިއެކު އެމްޓީސީސީއިން ވަނީ ސޮއިކޮށް، މަޝްރޫއުގެ އަމަލީމަސައްކަތް ފަށައިގަނެވިފައެވެ.
އެމްޓީސީސީގެ މަޝްރޫޢުތައް ހިނގަމުންދާ ރައްރަށުގެ މުޖުތަމައުތަކައްވެސް ކުންފުނީގެ އިޖުތިމާއީ ޒިންމާގެ ދަށުން ވާނީ އެކި ގޮތްގޮތުން އެހީތެރިކަންފޯރުކޮށްދީ ގިނަ މަސައްކަތްތަކެއް ކޮށްދެވިފައި ކަމަށް އކުންފުނިން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް