މާންދޫ ކްލަސްޓާ: އިތުރު 25 މީހަކު ޕޮޒިޓިވް ވެ ޖުމްލަ އަދަދު 311އަށް

ލ. މާންދޫން އުފެދި އެ އަތޮޅުގެ ފަސް ރަށަކަށް ފެތުރިފައިވާ މާންދޫ ކްލަސްޓާއިން އިތުރު 25 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. ގަމު ކައުންސިލުން ކުރިއަށްގެންދާ ފޭސްބުކް ލައިވްގައި ގަމު ރީޖަނަލް ހޮސްޕިޓަ...

03 May 2021 | 11:45

ލ. މާންދޫން އުފެދި އެ އަތޮޅުގެ ފަސް ރަށަކަށް ފެތުރިފައިވާ މާންދޫ ކްލަސްޓާއިން އިތުރު 25 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

ގަމު ކައުންސިލުން ކުރިއަށްގެންދާ ފޭސްބުކް ލައިވްގައި ގަމު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ އަލީ ނަޝީދު ވިދާޅުވީ ވޭތުވެދިޔަ 24 ގަޑިއިރު 25 މީހަކު ޕޮޒިޓިވް ވެފައިވަނީ މާންދޫން ކަމަށެވެ. އެއީ މާންދޫ ކަރަންޓީނުގައި ތިބި 25 މީހުން ކަމުގައި އަލީ ނަޝީދު ވިދާޅުވިއެވެ.

އަލީ ނަޝީދު ވިދާޅުވިގޮތުގައި އެ 25 މީހުންގެ ތެރޭގައި ހިމެނެނީ 19 ދިވެހިންނާއި ހަ ބިދޭސީންނެވެ. 19 ދިވެހިންގެ ތެރޭގައި ހިމެނެނީ ގަމަށް ނިސްބަތްވާ ހަތް މީހަކާއި ފޮނަދުއަށް ނިސްބަތްވާ އަށް މީހެއްގެ އިތުރުން އެހެން އަތޮޅުތަކަށް ނިސްބަވްތާ ހަތަރު މީހެއް ކަމަށެވެ.

އަލީ ނަޝީދު އިތުރަށް ވިދާޅުވީ މާންދޫން 25 މީހަކު ޕޮޒިޓިވް ވެފައިވާއިރު ގަމާއި މާންދޫގެ ޖުމްލަ އަދަދު 291 އަށް އަރާފައިވާކަމަށެވެ އެއީ މާންދޫން 260 އަދި ގަމުން 31 މީހެއް ކަމުގައި އޭނާ ވިދާޅުވިއެވެ.

މާންދޫ ކްލަސްޓާގެ ޖުމްލަ 311 އަށް އަރަނީ ގަމާއި މާންދޫގެ ޖުމްލަ 291 އަށް ފޮނަދޫން 13، ދަނބިދޫން ހަތަރެއް، އިސްދޫން ދޭއް އަދި މާބައިދޫން ޕޮޒިޓިވްވެފައިވާ އެކަކު ހިމެނޭހެންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް