އޭ ލެވެލް އިމްތިހާނުގެ ބައެއް ކަރުދާސްތައް ލީކުވުމާ ގުޅިގެން، އޭލެވެލް އިމްތިހާން ކެންސަލްކޮށް، ދަރިވަރުންނަށް ދެ ފުރުޞަތެއް ދިނުމަށް އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑޮކްޓަރ އައިޝަރު އަލީ ވިދާޅިވެއްޖެއެވެ.
މިކަން އިއުލާނުކޮށްފައިވަނީ މިހާރު ކުރިއަށްދާ ނޫސްވެރި ބައްދަލުވުމުގައެވެ.
ދަރިވަރުންނަަށް ދެ ފުރުސަތުދޭން ނިންމާފައިވާ އިރު، އެއިން އެއް ގޮތަކީ އޮކްޓޯބަރު /ނޮވެންބަރުގައި އިމްތިހާނުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުން ކަމަށާއި ދެވަނަ ގޮތަކީ، އިމްތިހާނު ހެދި ކުދިންގެ ތެރެއިން މިހާރު އިމްތިޙާނު ހަދަން ބޭނުންވާ ކުދިންނަށް ޓީޗާސް އެސެސްމެންޓު ބޭސްޑު އިމްތިޙާނެއް ހެދުމުގެ ފުރުސަތު ދިނުން ކަމަށް އައިޝަތު އަލީ ވިދާޅުވިއެވެ.
ނަމަވެސް ޓީޗާ ބޭސް އެސެސްމެންޓް ހަދާ ކުދިންނަށް ގަދަ 10 އަކަށް ދަރިވަރުން ހޮވުމުގަ އާއި ސްކޮލާޝިޕް ދިނުމުގައި އެ ދަރިވަރުންނަށް ނުބަލާނެއެވެ.
މިހާރު ކުރިޔަށްދާ އޭލެވެލް އިމްތިހާނު ކެންސަލް ކުރުމަށް ގޮވާލާ ބެލެނިވެރިންތަކެއް އެޑިއުކޭޝަން މިނިސްޓްރީ ހުންނަ ވެލާނާގޭ އިމާރާތް ކައިރިއަށް އެއްވެ މިއަދު މުޒާހަރާ ކޮށްފައިވެއެވެ.
އިމްތިހާނު ކެންސަލް ކުރުމަށް ބެލެނިވެރިން އެދުނީ އިންތިހާނުގެ ބައެއް ޓެސްޓު ޕޭޕަރުތައް ރާއްޖެއިން ބޭރުގައި ލީކުރަމުންދާތީ އާއި އިންޓަނެޓް މެދުވެރިކޮށް އެ ޕޭޕަރުތައް ދިވެހި ދަރުވަރުންނަށް ބެލުމުގެ ފުރުސަތު ފަހިވެފައިވާތީ އެވެ.
ލީކުކޮށްލާފައިވާ ޕޭޕަރުތަކުގެ ތެރޭގައި ކެމިސްޓްރީ، ބަޔޮލޮޖީ، ހިސްޓްރީ ފަދަ ޕޭޕަރުތައް ހިމެނެ އެވެ. އެ ޕޭޕަރުތައް ލީކުރަމުން ދަނީ ރާއްޖެއިން ބޭރުގައި ކަމަށްވާތީ ރާއްޖޭގައި އިމްތިހާނު ހެދުމުގެ ގާތްގަނޑަކަށް ހަ ގަޑިއިރު ކުރިން ދިވެހި ދަރިވަރުންނަށް ޕޭޕަރު އޮންލައިންކޮށް ފޯރަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް