ފައިޒާއިން އިންޑިއާއާއެކު މަޝްވަރާ ފަށައިފި، އިންޑިއާއިން އަދި ފައިޒާއަށް ހުއްދަ ދީފައިނުވޭ

ކޮވިޑާއި ދެކޮޅަށް އެންމެ ޔަގީންކަން ބޮޑު ކަމަށް ބެލެވޭ ފައިޒާ ވެކްސިން ކުންފުނި، ފައިޒާއިން އިންޑިއާއާއެކު މަޝްވަރާ ކުރަން ފަށައިފިއެވެ. ފައިޒާއިން މަޝްވަރާ ކުރަމުން އަންނަނީ އިންޑިއާގައި ފައިޒާ ވެކްސ...

03 May 2021 | 10:29

ކޮވިޑާއި ދެކޮޅަށް އެންމެ ޔަގީންކަން ބޮޑު ކަމަށް ބެލެވޭ ފައިޒާ ވެކްސިން ކުންފުނި، ފައިޒާއިން އިންޑިއާއާއެކު މަޝްވަރާ ކުރަން ފަށައިފިއެވެ.

ފައިޒާއިން މަޝްވަރާ ކުރަމުން އަންނަނީ އިންޑިއާގައި ފައިޒާ ވެކްސިން ޖެހުމުގެ ހުއްދަ ހޯދުމަށާއި ކޮވިޑުގައި އިންޑިއާއަށް ދިމާވެފައިވާ ހާލަތުގައި ފައިޒާއިން ދޭ އެހީ ބަލައިގަތުމުގެ ހުއްދައަށެވެ.

ފައިޒާ ކުންފުނިން ބުނެފައިވާގޮތުގައި އިންޑިއާއަށް ފައިޒާއިން ހުށަހަޅަނީ 70 މިލިޔަން ޑޮލަރުގެ އެހީއެކެވެ.

ފައިޒާ ވެކްސިން އިންޑިއާގައި ޖެހުމުގެ ހުއްދައަށް ފައިޒާއިން މީގެ މަސްތަކއް ކުރިން އެދިފައިވެއެވެ. ނަމަވެސް އަދި އެ ހުއްދަ ދީފައިނުވެއެވެ. ފައިޒާއިން ބުނެފައިވާގޮތުގައި އެ ކުންފުނީގެ އަމާޒަކީ މި ހާލަތުގައި ފަސޭހަ ކަމާއެކު ފައިޒާ ވެކްސިން އިންޑިއާއިން ލިބޭނެގޮތް ހެދުމެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް