މިރޭ ކޮވިޝީލްޑް ވެކްސިން ދޭނީ ފެބްރުއަރީގައި ފުރަތަމަ ޑޯޒު ޖެހި މީހުންނަށް އެކަނި

މިރޭ މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ދެނީ ފެބްރުއަރީ މަހު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންނަށް އެކަނި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންް ބުނެފި އެވެ. އެޗްޕީ...

03 May 2021 | 10:14

މިރޭ މާލެ ސަރަހައްދުގައި ކޮވިޝީލްޑް ވެކްސިންގެ ދެވަނަ ޑޯޒު ދެނީ ފެބްރުއަރީ މަހު ވެކްސިންގެ ފުރަތަމަ ޑޯޒު ޖެހި މީހުންނަށް އެކަނި ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިންް ބުނެފި އެވެ.

އެޗްޕީއޭއިން މިއަދު ބުނީ ކޮވިޝީލްޑް ވެކްސިން މިގޮތަށް ދިނުމަށް ހަމަޖެހިފައިވަނީ ސޯޝަލް ސެންޓަރާއި ހުޅުމާލޭ ވެކްސިން ސެންޓަރުގައި ކަމަށެވެ. ވެކްސިން ދިނުން ކުރިޔަށް ދާނީ ރޭގަނޑު 9:00 ން 23:45 އަށެވެ.

އެޗްޕީއޭއިން މިގޮތަށް ނިންމާފައި މިވަނީ ކޮވިޝީލްޑް ވެކްސިންގެ ސްޓޮކް ރާއްޖޭގައި މަދުވެފައިވާތީ ވެކްސިން ޖެހުން ކޮންޓްރޯލް ކުރަމުންދަ ކަމުގެ އަޑުތަކެއް ފެތުރެމުންދަނިކޮށެވެ.

އެޗްޕީއޭއިން ބުނީ މިރެއިން ފެށިގެން ގެންނަ ބަދަލީ ކިއު ބޮޑުވުމާއި 12 ހަފްތާވާ ފަރާތްތަކަށް އިސްކަން ދިނުމުގެ ގޮތުން ގެނެވޭ ބަދަލެއް ކަމަށެވެ. އަދި ކޮންމެ ރެއަކު ނަމްބަރު ލިބޭ 12 ހަފްތާ ވާ ފަރާތްތަކަށް ވެކްސިން ދެވޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ބުނެފަ އެވެ.

ރެއިން ފެށިގެން މި ދެ ސެންޓަރާއި ވިލިމާލޭ ވެކްސިން ސެންޓަރުން އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިސްކަން ދީގެން ވެކްސިން ދެމުންދާނެ ކަމަށެވެ. އެގޮތުން އެ ފަދަ ފަރާތްތަކުން ކިޔުގައި ނުޖެހި ވެކްސިން ޖެހޭނެ އިންތިޒާމް ހަމަޖައްސާފައިވާ ކަމަށް ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް