ލީކު ނުވާނެ ކަމަށް ބުނި އޭލެވެލްގެ ކެމިސްޓްރީ ޕޭޕަރު ވެސް އިމްތިހާނު ފެށުމުގެ ކުރިން ލީކުވެއްޖެއެވެ.
ކެމިސްޓްރީ ޕޭޕަރު ލީކު ވީ ވަނީ ހޯމަ ދުވަހުން ފެށިގެން އިތުރު އެއްވެސް ޕޭޕަޕަރެއް ލީކު ނުވާނެކަމުގެ ބޮޑު ޔަގީންކަމެއް އެޑެކްސެލްއިން ރާއްޖެއަށް ދީފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފައި ވަނިކޮށެވެ.
އެނގިފައިވާގޮތުން ހޯމަދުވަހުގެ މެންދުރު ފަހު 13:30ށް ތާވަލުކޮށްފައިވާ ކެމިސްޓްރީ ޕޭޕަރު ލީކްވެފައި ވަނީ ހެނދުނުގެ ވަގުތުގައެވެ.
މިދިޔަ ހަފްތާގެ ތެރޭގައި އޭލެވެލްގެ ފިޒިކްސް ޕޭޕަރުގެ އިތުރުން ބައޮލޮޖީ ޕޭޕަރުވެސް ވަނީ ލީކު ވެފައެވެ. އެކަމަކު މި ޕޭޕަރުތައް ލީކުވެފައިވަނީ ރާއްޖޭގެ ސެންޓަރަކުން ނޫންކަމަށް އެޑިއުކޭޝަނުން ބުނެއެވެ.
އޭލެވެލްގެ ބައެއް އިމްތިހާނުތަކުގެ ޕޭޕަރުތައް ލީކުވި މައްސަލަ މިދިޔަ ހަފްތާގެ ތެރޭގައި ވަނީ ވަރަށް ބޮޑަށް ހޫނުވެފައެވެ. އަދި ރާއްޖޭގައި އިމްތިހާނު އޮތް ވަގުތުގެ ކުރިން އެ ޕޭޕަރުތައް ބައެއް ކުދިންނަށް ފެނިފައިވާތީ ގިނަ ދަރިވަރުންތަކެއް އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް