އިންޑިއާގެ ކޮވިޑު ހާލަތު އިންތިހާއަށް ގޯސްވެފައިވާ މި ދަނޑިވަޅުގައި އިއްޔެ ހިނގި ހިތާމަވެރި ހާދިސާއެއްގައި 12 މީހަކު މަރުވެއްޖެއެވެ.
އިންޑިއާގައި ދިއްލީގައި ހުންނަ ބަތުރާ ހޮސްޕިޓަލަށް އިއްޔެ ދިމާވި ގޮތަކީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުންދިޔަ ކޮވިޑުގެ ބަލިމީހުންނަށް އޮކްސިޖަން ނުލިބި 80 މިނެޓު (އެއް ގަޑިއިރާ 20 މިނެޓު) ހޭދަވީއެވެ.
އެ ވަގުތުކޮޅުގެތެރޭގައި 12 މީހަކު މަރުވެފައިވާއިރު އޭގެ ތެރޭގައި ސީނިއާ ޑަކުޓަރަކު ހިމެނެއެވެ. އެ ޑަކުޓަރަކީ އެ ހޮސްޕިޓަލުގެ ގޭސްޓްރޯއެންޓެރޯލޮޖީ ޑިޕާޓްމެންޓްގެ އެންމެ އިސްވެރިޔާ ޑރ. އާރުކޭ ހިމްތާނީއެވެ.
ކޮވިޑުގައި އިންޑިއާގެ ހާލަތު އުޅެނީ ވަރަށް ނާޒުކު ފައްތަރެއްގައެވެ. ހޮސްޕިޓަލުގެ ތައް ވަނީ ފުރިފައެވެ. އޮކްސިޖަނަށް ވަނީ ޖެހިފައެވެ. ދުވާލަކު ޕޮޒިޓިވް ވާ އަދަދު ތިން ލައްކައިން މަތީގައި ހުންނަތާ 12 ދުވަސްވެފައިވާއިރު ނިސްބަތުން ބަލާނަމަ ކޮންމެ މިނެޓެއްގައި ދެމީހަކު ނުވަތަ ތިން މީހަކު މަރުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް