ބުރިޖަކު ރެނދެއް ނުލާ: މިނިސްޓްރީ

ސިނަމާލެ ބްރިޖުގައި ރެނދެއް ލާފައިނެތް ކަމަށް މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ބުނެފިއެވެ. އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ބުރިޖުގައި ރެނދުލާފައިވާކަމަށްބުނެ ސޯޝަލް...

03 May 2021 | 09:46

ސިނަމާލެ ބްރިޖުގައި ރެނދެއް ލާފައިނެތް ކަމަށް މިނިސްޓްރީ އޮފް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާއިން ބުނެފިއެވެ.

އެ މިނިސްޓްރީން މިހެން ބުނެފައިވަނީ ބުރިޖުގައި ރެނދުލާފައިވާކަމަށްބުނެ ސޯޝަލް މީޑިއާގައި ދައުރުކުރި ފޮޓޯއަކާއި ގުޅިގެން ކުރިއަށްގެންދިޔަ އިންސްޕެކްޝަނަށް ފަހުގައެވެ.

މިނިސްޓްރީން ބުނެފައިވަނީ އެ މިނިސްޓްރީގެ ޓެކްނިކަލް ޓީމްގެ ފަރާތުން ވަނީ ސިނަމާލެ ބްރިޖްގައި ރެނދެއް ލާފައިވާ ކަމަށްބުނާ ސަރަހައްދުގެ އިންސްޕެކްޝަންއެއް ހަދާފައި ކަމަށާއި މިހާރު ދައުރުކުރަމުންދާ ފޮޓޯއިން ފެންނަނީ ރެނދެއް ނޫންކަން ވަނީ ޔަގީން ކުރެވިފައި ކަމަށެވެ. އަދި އެ ފޮޓޯއިން ފެންނަނީ ބްރިޖްގެ ޑެކްމަތީގައި ހިމެނޭ އެކްސްޕެންޝަން ޖޮއިންޓްތަކަކުން ފެން ފައިބާފައިވާ މާރކުތަކެއްކަން ފަނީ ފާހަގަކުރެވިފައި ކަމުގައިވެސް ބުނެފައިވެއެވެ.

މިހާރު އެ މާކުތައްވެސް ސާފުކޮށްފައިވާނެ ކަމަށް ބުނެފައިވެއެވެ.

ސޯޝަލް މީޑިއާގައި ރޭގައި މިފޮޓޯ ދައުރުވާން ފެށުމާއެކު ދުވަސް އިން މިއަދު ހެނދުނު ވާނީ އެއީ ރެނދެއް ނޫންކަން ކިޔުންތެރިންނަށް ބުނެދީފައެވެ. ދުވަސްގެ ފޮޓޯގްރާފަރު އެ ސަރަހައްދަށް ގޮސް ނެގި ފޮޓޯތަކުން، އެއީ ރެނދެއް ނޫންކަންއ އެނގިފައިވެއެވެ.

https://twitter.com/dhuvasmv/status/1389088753906552832

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް