ކޯވިޑް ކޮންޓްރޯލް ކުރުމަށް ފިޔަވަޅުތައް ހަރުދަނާ ކުރަން މިއަދު އެބަ މަޝްވަރާކުރަން: ރައީސް

ހަލުއިކަމާއެކު ރާއްޖޭގައި ފެތުރެމުންދާ ކޯޥިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މިއަދު އެބަ މަޝްވަރާކުރަމުންދަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ވި...

03 May 2021 | 09:29

ހަލުއިކަމާއެކު ރާއްޖޭގައި ފެތުރެމުންދާ ކޯޥިޑް-19 ކޮންޓްރޯލްކުރުމަށް އަޅާފައިވާ ފިޔަވަޅުތައް ހަރުދަނާ ކުރުމަށް މިއަދު އެބަ މަޝްވަރާކުރަމުންދަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުހައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގައި ކޯވިޑް-19ގެ ޢަދަދުތައް އިންތިހާއަށް މަތިވަމުން ދިއުމީ ކަންބޮޑުވާކަމެއް ކަމަށެވެ. އަދި ބަލިން ރައްކާތެރިވުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އަދިވެސް އިލްތިމާސްކުރާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އެޗްޕީއޭއިން ބުނެފައިވާގޮތުގައި އިއްޔެ އެކަނި ވެސް 508 މީހަކު ކޯވިޑް-19އަށް ޕޮޒިޓިވް ވެފައިވާއިރު މާލެ ސަރަހައްދުން އެކަނި 276 މީހަކު މި ބައްޔްށް ޕޮޒިޓިވް ވެފައިވެއެވެ. އަދި އަތޮޅުތަކުން 185 މީހަކު ޕޮޒިޓިވް ވެފައިވާކަމަށާއި ރިސޯޓްތަކުން 12 އަދި ލިވަބޯޑުތަކުން ތިނެއް އަދި އިންޑަސްޓްރިއަލް ރިސޯޓްތަކުން 32 މީހަކު ޕޮޒިޓިވް ވެފައިވާކަމަށްވެސް އެޗްޕީއޭއިން ބުނެފައިވެއެވެ.

އިތުރު އަދަދުތަކަށް ބަލާލާއިރު އެކްޓިވް ކޭސްތަކުގެ އަދަދު 5594 އަށް މިވަނީ އަރާފައެވެ. އެޑްމިޓް ކޮށްގެން ފަރުވާދެމުން އަންނަ މީހުންގެ އަދަދުވެސް މިވަނީ 172 އަށް އަރާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް