ކުޅުދުއްފުށީގައި ކޯވިޑް ޖެހިފައި ތިބި މީހުންނާ ގާތުން އެއްތާވީ މީހުންނަށް ބަލި ނުޖެހޭ!

ހދ. ކުޅުދުއްފުށީ ސިޓީން ކޯވިޑް-19 އަށް ފައްސިވި މީހުންނާއި ގާތުންއެއްތާވީ މީހުންގެ ސުންކު ތަހުލީލުކުރުމުންް، ނަތީޖާ ނައްސިވެފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަަނަލް ހޮސްޕިޓަލުން ހާމަކޮށްފިއެެވެ. އެ ސިޓީން...

03 May 2021 | 08:58

ހދ. ކުޅުދުއްފުށީ ސިޓީން ކޯވިޑް-19 އަށް ފައްސިވި މީހުންނާއި ގާތުންއެއްތާވީ މީހުންގެ ސުންކު ތަހުލީލުކުރުމުންް، ނަތީޖާ ނައްސިވެފައިވާ ކަމަށް ކުޅުދުއްފުށީ ރީޖަަނަލް ހޮސްޕިޓަލުން ހާމަކޮށްފިއެެވެ.

އެ ސިޓީން ކޮވިޑަށް ފައްސިވެފައިވަނީ ފްލޫ ކްލިނިކަށް ބަލީގެ އަލާމާތްތައް ފެންނާތީ ޑޮކްޓަރަށް ދެއްކި ތިން މީހެކެވެ. އެ ތިން ކޭސް އާއި ގުޅިގެން އެ ސިޓީ އިއްޔެ ވަނީ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުން ބުނީ އެ ތިން މީހުންނާއި ގުޅުން ހުރި44 ސުންކެއް ނަގައި ތަހުލީލު ކޮށްފައިވާ ކަމަށާއި އެ ހުރިހާ ސުންކުތަކެއް ނައްސިވެފަ ވާ ކަމަށެވެ.

މިއާއެކު އެ ރަށުގައި ކޯވިޑް-19 ޖެހުނު މީހުންާ ގާތުން އެއްތާވީ އެންމެންނަށް ވެސް ބަލި ނުޖެހޭކަން ވަނީ ކަށަވަރުކުރެވިފައެވެ.

ކުޅުފުއްފުޓާއި އެކު 25 ރަށެއް މިވަގުތު އޮތީ ކޯވިޑް ފެތުރޭތޯ މޮނިޓަރިންގެ ހާލަތަށް ގެނެސްފަ އެވެ. އޭގެ ތެރޭގައި އާބާދީ ބޮޑެތި ގިނަ ރަށްތައް ހިމެނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް