ދިރާގުގެ އަހަރީ އާންމު ޖަލްސާ މިމަހު 20 ގައި

ދިރާގުގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ. ދިރާގުން ކުރި އިއުލާނެއްގައި ބުނީ މި ޖަލްސާ ބާއްވާނީ އޮންލައިންކޮށް 20 ވަނަ ދުވަހުގެ މެންދުރު 1:00ގައި ...

03 May 2021 | 07:59

ދިރާގުގެ މިދިޔަ އަހަރުގެ އަހަރީ އާއްމު ޖަލްސާ މި މަހުގެ 20 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ދިރާގުން ކުރި އިއުލާނެއްގައި ބުނީ މި ޖަލްސާ ބާއްވާނީ އޮންލައިންކޮށް 20 ވަނަ ދުވަހުގެ މެންދުރު 1:00ގައި ކަމަށެވެ. މި ޖަލްސާ ބާއްވާނީ މޯލްޑިވްސް ސެކިއުރިޓީ ޑިޕޮޒިޓަރީގެ "ފަހިވޯޓު" ޕޯޓަލް މެދުވެރިކޮށެވެ.

ދިރާގު އަހަރީ އާއްމު ޖަލްސާގައި ބައިވެރިވެވޭނީ މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ރަޖިސްޓްރީވާ މީހުންނަށެވެ. ހިއްސާދާރެއްގެ ބަދަލުގައި މީހަކު ބައިވެރިވާނަމަ ޕްރޮކްސީ ހުށަހަޅަން ޖެހޭނެ އެވެ.

މި ޖަލްސާގައި ބައިވެރިވާން ރަޖިސްޓްރީވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފަ އެވެ.

މި ޖަލްސާގައި އެ ކުންފުނިން ހިއްސާގެ ފައިދާގެ ގޮތުގައި ކަނޑައަޅާ އަދަދު ފާސް ކުރާނެ އެވެ.

އެ ކުންފުނީގެ ބޯޑުން ވަނީ މިދިޔަ އަހަރުގެ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 7.23 ރުފިޔާ ބަހަން ހުށަހަޅައިފަ އެވެ. އެގޮތުން، ޖުމްލަ 549.48 މިލިއަން ރުފިޔާ ބަހަން ވަނީ ނިންމައިފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް