ކޯވިޑްގެ ނުރައްކަލުގެ ތެރޭގައި އިންޑިއާގަ ބޭއްވި އިންތިހާބުން މޯދީގެ ޕާޓީއަށް ނާކާމިޔާބު

ކޯވިޑް-19 ގައި ދުނިޔޭގައި އެންމެ ނުރައްކާތެރި ހާލަތުގައި މިވަގުތުއޮތް އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ބޭއްވި އިންތިހާބުގައި ވެރިކަން ކުރާ ޕާޓީ ބީޖޭޕީއަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިއްޖެ އެވެ. ކޯ...

03 May 2021 | 07:03

ކޯވިޑް-19 ގައި ދުނިޔޭގައި އެންމެ ނުރައްކާތެރި ހާލަތުގައި މިވަގުތުއޮތް އިންޑިއާގެ ބައެއް ސްޓޭޓްތަކުގައި ބޭއްވި އިންތިހާބުގައި ވެރިކަން ކުރާ ޕާޓީ ބީޖޭޕީއަށް ނާކާމިޔާބީއާއި ކުރިމަތިލާން ޖެހިއްޖެ އެވެ.

ކޯވިޑްގައި މުޅި އިންޑިއާ ގަރަގުވެގެންދާން ޖެހިފައިވާ މައިގަނޑު ސަބަބެއް ކަމަށް ބުނެފައިވަނީ ހިންދޫ ދީނުގެ އެންވުންތަކާއި ސްޓޭތް އިންތިހާބުތަކާއި ދިމާކޮށް ބީޖޭޕީ ހިމެނޭ ގޮތަށް ކުރިޔަށް ގެންދިޔަ ބޮޑެތި ސިޔާސީ ކެމްޕެއިން ހަރަކާތްތަކާއި ގުޅިގެން ކަމަށްވެ އެވެ. މި މައްސަލައިގަ އެ ގައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އެމަނިކުފާނުގެ ޕާޓީ ބީޖޭޕީއަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެފަ އެވެ.

އިންތިހާބު ފަސްކުރުމަށް ގޮވާލަމުން ދަނިކޮށް އެންމެ ނުރައްކާތެރި ހާލަތުގައި އިންތިހާބު ބާއްވާފައިވަނީ ވެންސްޓް ބެންގޯލ ސްޓޭޓްް، ޓަމިލް ނާޑ ސްޓޭޓް، ކެރެލާ ސްޓޭޓް އަދި ސްޓޭޓް އޮފް އަސާމް އާއި ޓެރަޓަރީ އޮފް ޕޮންޑިޗަރީގައި އެވެ.

އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން މޯދީގެ ބީޖޭޕީއަށް ސްޓޭޓް މަޖިލީހުގެ ގިނަ ގޮނޑި ކާމިޔާބު ކުރެވިފައިވަނީ އަސާމް ސްޓޭޓްގައި އެކަންޏެވެ. އެހެން ސްޓޭޓްތަކުގެ އިންތިހާބު ކާމިޔާބު ކޮށްފައިވަނީ އެ ސްޓޭޓްތަކަށް ނިސްބަތްވާ ކުރިންވެސް ބާރުގަދަ ސިޔާސީ ޕާޓީތަކެވެ.

އަސާމް އިން ބީޖޭޕީއަށް 60 ގޮނޑި ލިބުނު އިރު ޓަމިލް ނާޑޫއިން ލިބިފައިވަނީ ހަތަރު ގޮނޑި އެވެ. ކެރެލާއިން އެއްވެސް ގޮނޑިއެއް ބީޖޭޕީއަށް ކާމިޔާޞު ކުރެވިފައި ނުވާއިރު ޕޮންޑިޗަރީން ލިބިފައިވަނީ ހަ ގޮނޑި އެވެ. މީގެ އިތުރުން ވާދަވެރި ވެސްޓް ބެންގޯލްއިން މޯދީގެ ބީޖޭޕީއަށް ލިގިފަ ވަނީ 77 ގޮނޑި އެވެ.

އިންޑިއާގައި ކޯވިޑްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެފައިވާއިރު އިއްޔެވެސް ތިން ލައްކައަށްވުރެ ގިނަ މީހުުންނަށް ކޯވިޑް ޖެހިފައިވާއިރު 3،600 އަށްވުރެ ގިނަ މީހުން މަރުވެފަވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް