މިއަހަރު އަނުޝްކާއަށް އުފަންދުވަސް ނާންނަ ފަދަ، ފާހަގަވެސް ނުކުރޭ!

ބޮލީވުޑްގެ ތަރިންނަކީ އުފަންދުވަސް އާންމުގޮތެއްގައި ވަރަށް ކުލަ ގަދަކޮށް ފާހަގަ ކުރާ ބައެކެވެ. އާއިލާ އާއި އެކު އުފަންދުވަސް ފާަހަގަ ކުރާއިރު ފިލްމީ ދާއިރާގެ އެކުވެރިންނާއި އެކު ބޮޑެތި ޕާޓީތައް ބާއްވަ...

03 May 2021 | 05:49

ބޮލީވުޑްގެ ތަރިންނަކީ އުފަންދުވަސް އާންމުގޮތެއްގައި ވަރަށް ކުލަ ގަދަކޮށް ފާހަގަ ކުރާ ބައެކެވެ.

އާއިލާ އާއި އެކު އުފަންދުވަސް ފާަހަގަ ކުރާއިރު ފިލްމީ ދާއިރާގެ އެކުވެރިންނާއި އެކު ބޮޑެތި ޕާޓީތައް ބާއްވަ އެވެ. ނުވިތާކަށް ބައެއް ތަރިން އެމީހުންގެ ސަޕޯޓަރުންނާއި އެކުވެސް އުފަންދުވަސް ފާހަގަ ކުރެ އެވެ.

މީގެ ކުރިން ކުލަގަދަކޮށް އުފަންދުވަސް ފާހަގަ ކުރަމުން އައި އަނުޝްކާ ޝަރުމާއަށް މިދިޔަ ހޮނިހިރު ދުވަހު 33 އަހަރު ވެފައިވާއިރު މިއަހަރު އޭނާއަށް ހަމަ އުފަންދުވަސް ނާންނަ ކަހަލައެވެ. އެ ދުވަސް ފާހަގަ ކުރަން އެއްވެސް ކަމެއް ނުކުރާއިރު މީހުން އޭނާއަށް އުފަންދުވަހުގެ ތަހުނިޔާ ކިޔުމުންވެސް މާބޮޑަކަށް އެކަން ފާހަގަކޮށްފައެއް ނުވެ އެވެ.

އުފަންދުވަސް ދިޔަފަހުން އިއްޔެ އަނުޝްކާ އިންސްޓްގްރާމް ސްޓޯރީގައި ބުނެފައިވަނީ މިއަހަރުގެ އުފަންދުވަސް ފާހަގަ ކުރަން ހަމަ އެއްގޮތަކަށްވެސް ހިތްނޭދުނު ކަމަށެވެ. ކޯވިޑް-19ގައި އިންޑިއާ ހާލަތު އިންތިހާއަށް ގޯސްވެފައި އޮތުމަކީ އޭނާ އުފަންދުވަސް ފާހަގަކޮށް މަޖާކޮށް އުފާ ކުރަން ބޭނުން ނުވި ސަބަބު ކަމަށް ބުނެފަވެ އެވެ.

އަދި މިއީ އުފަންދުވަސް ފާހަގަ ކުރަން ޖެހޭ ވަގުތު ނޫން ކަމަށްގަބޫލު ކުރާ ކަމަށް ބުނެފަވެ އެވެ.

އަނުޝްކާގެ ފިލްމީ މަސައްކަތްތަކަށް ބަލާއިރު އޭނާ މިވަގުތު ހުރީ ވިހައިގެން ދިގު ޗުއްޓީއެއްގަ އެވެ. ކްރިކެޓް ކުޅުންތެރިޔާ ވިރާޓް ކޮއްލީ އާއި އަނުޝްކާގެ ދެ އަހަރުވީ ކައިވެންޏަށް ފުރަތަމަ ދަރިފުޅު ލިބުނީ މިދިޔަ ޖެނުއަރީ މަހު އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް