ޗައިނާ މޯލްޑިވުސް ފްރެންޑްޝިޕް ބުރިޖު (ސިނަމާލެ ބުރިޖު) ރަސްމީކޮށް ހުޅުވިތާ މިހާރު ދެ އަހަރު ވެފައިވާއިރު، ބުރިޖުގައި ރެނދުލަމުން ދާ ކަމަށް ބުނެ ފޮޓޯތަކެއް ދައުރުކުރަމުން އެބަ ދެއެވެ.
މީސްމީޑިޔާގައި މި ފޮޓޯތައް ދައުރުވާން ފެށުމާއެކު ދުވަސްގެ ނޫސްވެރިން ބެލި ބެލުމުން އެނގުނީ މިއީ ބަޔަކު އެޑިޓްކޮށްގެން ފަތުރަމުންދާ ފޮޓޯތަކެއް ކަމެވެ. އަދި ބުރިޖުގައި ރެނދުލާފައެއް ނެތެވެ.
ސިނަމާލެ ބުރިޖުގެ ނަމުން ނަންދީފައިވާ ދިވެހިރާއްޖޭގެ ފުރަތަމަ ބުރިޖު ހުޅުއްވައި ދެއްވީ 2018 ވަނަ އަހަރުގެ އޮންޓޫބަރު މަހު އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަބްދު ﷲ ޔާމީނާއި ޗައިނާ ސަރުކާރުގެ މަންދޫބު ވެންގް ޝިއާޓާއޯ އެވެ.
https://twitter.com/Mohamedfaisalv/status/1389070276214751236
ޗައިނާ ސަރުކާރުގެ ހިލޭ އެހީ އާއި ލޯނު ހިމެނޭ ގޮތަށް އަޅައިދިން ބުރިޖު ބަލަހައްޓައި ދޭން ހަވާލުވެފައި ވަނީ ބުރިޖު އެޅި ސީސީސީސީ ކުންފުންޏެވެ.
ބްރިޖުގެ ދިގު މިނުގައި ދެ ކިލޯ މީޓަރު އަދި ފުޅާ މިނުގައި 20.3 މީޓަރު ހުރެއެވެ. ސިނަމާލެ ބުރިޖު އަޅަން ޗައިނާގެ ހިލޭ އެހީ ހިމެނޭ ގޮތަށް 200 މިލިއަން ޑޮލަރު ހޭދަކުރި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް