ރާއްޖެއިން ކޯވިޑް-19 ޖެހެމުންދާ މީހުންނާއި ފަރުވާ ދެމުންދާ މީހުންގެ އަދަދައި އެނޫންވެސް ތަފާސް ހިިސާބަށް ބަލާއިރު ރާއްޖެ މިއޮތި މި ބަލީގައި ސީރިއަސް ހާލަތެއްގައި ކަމަށް އައިޖީއެމްއެޗުގެ އެތެރެހަށީގެ ޑޮކްޓަރު އަދި ކޯވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓް ކުރާ މީހުންނަށް ފަރުވާ ދިނުމުގައި ހަރަކާތްތެރިވާ ޑރ. މުހައްމަދު އަލީ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކޯވިޑްގެ ހާލަތު އެއް ދުވަހުން އަނެއް ދުވަހަށް ގޯސްވަމުން ދާއިރު މި ހަފްތާއެއްހާ ދުވަހު ކޮންމެ ދުވަހަކު ރެކޯޑު އަދަދަކަށް މީހުން ކޯވިޑް ދަނީ ޖެހެމުންނެވެ. އެގޮތުން އިއްޔެ ރާއްޖެއިން ވައިރަހަށް508 މީހަކު ޕޮސިޓިވްވެފަ އެވެ.
އިއްޔެގެ ތަފާސް ހިސާބަށް ބަލައި ޑރ. މުހައްމަދު ވިދާޅުވީ ކޯވިޑާއި ގުޅޭގޮތުން ވާހަކަ ދައްކަވަން ބޭނުންވަނީ ތަފާސް ހިސާބު ދައްކަވައިގެން ކަމަށެވެ. އޭނާ ވިދާޅުވީ ދުނިޔޭގެ އެހެން ގައުމުތަކުގެ ހިސާބުތަކަށް ބަލާއިރު ރާއްޖެ މިއޮތީ ތީ ސީރިއަސް ހާލަތެއްގައި ކަމަށެވެ.
https://twitter.com/Moxamedalu/status/1388933023568044032
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް