ފުލުހުންގެ ބެލުމުގައި ދަށުގައި ތިބީ ކުށްވެރިން ބަލަހައްޓާ ދޫނިދޫއިން އިތުރު ބަޔަކު ކޯވިޑް-19 އަށް ޕޮސިޓިވް ވެއްޖެ އެވެ.
މީގެ ކުރިންވެސް ކޯވިޑް ކޭސްތަކެއް ފެނިގެން ދޫނިދޫ މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވެ އެވެ. އެކަމަކު މިފަހަރު ފެނިފައިވާ ކްލަސްޓާ އާއި ގުޅީގެން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނެސްފައެއް ނުވެ އެވެ.
އެޗްޕީއޭއިން ބުނީ މިއަދު ދޫނިދޫއިން އިތުރު އަށް މީހުން ކޯވިޑަށް ޕޮސިޓިވްވެފައިވާ ކަމަށެވެ. އެޗްޕީއޭއިން އާންމު ކުރަމުންދާ މައުލޫމާތުތަކަށް ބަލާއިރު އެ ރަށުން އެންމެ ފަހުން ދޫނިދޫއިން ބަޔަކު ޕޮސިޓިވް ވެފައިވަނީ މިދިޔަ މަހުގެ 21 ވަނަ ދުވަހު އެވެ.
ދޫނިދޫގައި ކޯވިޑް ކޭސްތަކެއް އުޅޭކަމުގެ މައުލޫމާތު އެންމެ ފުރަތަމަ އާންމު ކުރީ ބާ ކައުންސިލުންނެވެ. އެ ކައުންސިލުން ކުރި ޓުވީޓެއްގައި ބުނެފައިވަނީ ދޫނިދޫއިން ކޯވިޑް-19 ގެ ކޭސްތަކެއް ފެނިފައިވާތީ ޖަލު ބަންދުގައި ތިބި މީހުންގެ ވަކީލުން އެމީހުންނާއި ބައްދަލު ކުރުމުގައި އެޗްޕީއޭގެ ގައިޑްލައިނަށް އަމަލު ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އެ ރަށުން ބަޔަކު ޕޮސިޓިވްވި ނަމަވެސް ބަލި ޖެހިފައިވަނީ ފުލުހުންނަށް ކަމެއް ނުވަތަ ބަންދުގައި ތިބި މީހުންނަށް ކަމެއް ނޭނގެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް