ރައްޔިތުންތަކެއް ހައްޔަރުކޮށްފައިވަނިކޮށް ހަވާ އެރުވުމުން އަނާރާގެ ފާޑުކިޔުން ސަރުކާރަށް!

ގިނަ ރައްޔިތުންތަކެއް ހައްޔަރުކުރިތާ ލަސްތަކެއްނުވެ ހަވާ އެރުވުމުން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ. އަނާރާ ހިތްހ...

03 May 2015 | 08:58

ގިނަ ރައްޔިތުންތަކެއް ހައްޔަރުކުރިތާ ލަސްތަކެއްނުވެ ހަވާ އެރުވުމުން ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ހިތްހަމަނުޖެހުން ފާޅުކުރައްވައިފިއެވެ.

އަނާރާ ހިތްހަމަނުޖެހުންފާޅު ކުރެއްވީ "އަނިޔާވެރިކަން ނިމުމަކަށް ގެނައުމަށް" ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މޭޑޭގެ ނަމުގައި ހުކުރު ދުވަހުގެ ރޭ ކުރި މުޒާހަރާގައި ބާރުގެ ބޭނުންކޮށް ރޫޅާލާ ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށް މުއްދަތު ޖަހާފައި ވަނިކޮށް ރޭ ހަވާ އެރުވުމުންނެވެ.

ހިތްހަމަ ނުޖެހުން ފާޅޫކޮށް އަނާރާ ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ގިނަ ރައްޔިތުންތަކެއް ހައްޔަރުކުރުމުން ލަސްތަކެއް ނުވެ ހަވާ އަރުވަން ކެރޭނެ ގަޓު އެބަހުރިކަން ޔަގީން ކަމަށެވެ.

https://twitter.com/AnaraNaeem/status/594521716195360768

ރޭ ސުނާމީ ބިނާ ސަރަހައްދުގައި ހަވާއެރުވުމަށް ބޭއްވި ހަފްލާގައި ސަރުކާރުގެ ވެރިން ވަނީ އިދިކޮޅު ފަރާތްތަކަށް މަލާމާތް ކޮށްފައި އެވެ.

ހުކުރު ދުވަހުގެ ރޭ ބޭއްވި މޭޑޭގެ މުޒާހަރާއިން 193 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އަދި އޭގެ ތެރޭގައި ދެކުދިން ހިމެނެއެވެ.

އެއެންމެން ވެސް އިއްޔެ އާއި ރޭ ވަނީ މުއްދަތު ޖަހަން ކޯޓަށް ގެންގޮސްފައެވެ. ކޯޓަށް ގެންދިޔަ މީހުންގެ ތެރޭގައި ބައެއް ފަރާތްތަކަށް 15 ދުވަސް ޖެހިއިރު އޭގެ ތެރެއިން އެކަކު ކޯޓުގެ ހުރުމަތް ކަނޑާލިކަމަށް ބުނެ ވަނީ ހަ މަސް ދުވަހަށް ޖަލަންލާން ހުކުމް ކޮށްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް