ތޫނު ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވިދާނެ ތަކެއްޗާއި ލަކުނޑި ފަތިތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އެމައްސަލާގައި އިއްޔެ ހައްޔަރު ކޮށްފައިވަނީ، 26 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ދިވެހި ދިވެހި ފިރިހެނެއް ކަމަށެވެ.
އެދެމީހުން ހައްޔަރުކޮށްފައި ވަނީ މާފަންނު ބިސްބުރު ކައިރީ ދެ މީހަކު ވަޅިއެއް ހިފައިގެން އުޅޭކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން އެސަރަހައްދުގެ ގެއެއްގެ ދޮރުމަތިން އިއްޔެ ހަވީރު 16:35 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ، އެދެމީހުންގެ ތެރެއިން 26 އަހަރުގެ މީހާ އެގޭ ދޮރުމަތީ ހުއްޓާ ހައްޔަރު ކޮށްފައިވާއިރު، 21 އަހަރުގެ މީހާ ހައްޔަރުކޮށްފައި ވަނީ އެގޭ ތެރެއިން ބޭރަށް ނުކުތް ވަގުތު ފުލުހުން އޭނާއާ ސުވާލުކުރުމުން ދޮގު މައުލޫމާތުދީ އޮޅުވާލަން މަސައްކަތްކުރުމާއި ގުޅިގެން ކަމަށެވެ.
ފުލުހުން ބުނީ އެމައްސަލާގައި ހައްޔަރުކޮށްފައިވާ 26 އަހަރުގެ މީހާއަކީ މުދަލަށް ގެއްލުން ދިނުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑްސް އޮންނަ މީހެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް