އަނދާ ހުލިވެ އަޑިއަށްދިޔަ ބޯޓުން ގެއްލުނު ޒުވާނާ ހޯދުމަށް ޑްރޯން ބޭނުންކުރަން ފަށައިފި

ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުންދަނިކޮށް އަލިފާން ރޯވެ އަނދާ ހުލިވެ އަޑިއަށްދިޔަ "ހޮޅުދޫ ބޯޓު"ން ގެއްލުނު ޒުވާނާ ހޯދުމަށް އެމްއެންޑީއެފްއިން ޑްރޯން ބޭނުންކުރަން ފަށައިފިއެވެ. އެމްއެންޑީއ...

03 Apr 2025 | 03:12

ތ. ހިރިލަންދޫން ފުރައިގެން މާލެ ދަތުރުކުރަމުންދަނިކޮށް އަލިފާން ރޯވެ އަނދާ ހުލިވެ އަޑިއަށްދިޔަ "ހޮޅުދޫ ބޯޓު"ން ގެއްލުނު ޒުވާނާ ހޯދުމަށް އެމްއެންޑީއެފްއިން ޑްރޯން ބޭނުންކުރަން ފަށައިފިއެވެ.

އެމްއެންޑީއެފްއިން ބުނެފައިވާގޮތުގައި އެ ބޯޓުން ގެއްލުނު، އުމުރުން 25 އަހަރުގެ ޢަލީ މުޝްފިޤް ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން އަންނަނީ ކުރަމުންނެވެ.

އެ އޮޕަރޭޝަންގައި ޑްރޯން ބޭނުންކުރަން ފަށާފައިވާކަމަށްވެސް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

18 މީހުންނާ އެކު ދަތުރުކުރަމުންދިޔަ މުދާ އުފުލާ ބޯޓުގައި އަލިފާން ރޯވިކަމުގެ މަޢުލޫމާތު ރޭ 21:07 ހާއިރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑަށް ލިބުމުން، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑު ވަނީ ބޯޓު އޮތް ސަރަހައްދަށް ގޮސްފައެވެ.

ބޯޓުން ދަތުރުކުރި 18 މީހުންގެ ތެރެއިން 17 މީހުން ވަނީ ސަލާމަތްކޮށްފައެވެ. މި މަސައްކަތުގައި، ތ.އަތޮޅު ޕޮލިސް ސްޓޭޝަނުގެ ފަރާތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް ކޯސްޓްގާޑަށް ދަނީ ބޮޑު އެހީތެރިކަމެއް ލިބެމުންކަން އެމްއެންޑީއެފްއިން ފާހަގަކޮށްފައިވެއެވެ.

އެމްއެންޑީއެފްއިން ބުނެފައިވާގޮތުގައި މި ހާދިސާގައި އަލިފާން ރޯވި "ހޮޅުދޫ ބޯޓް" ވަނީ ދަންވަރު 02:07 ހާއިރު އަޑިއަށް ގޮސްފައެވެ. ބޯޓުގެ ބައިތައް އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވުމަށާއި އެ ސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އިލްތިމާސްކުރެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް