ބޭނުމިއްޔާ ގުޅެންވީ، އެހެން ކެންޑިޑޭޓެއްގެ ފަހަތަކަށް ޕީޕީއެމްއެއް ނުދާނެ،: އަދުރޭ

އިދިކޮޅު މައި ޕާޓީ ޕީޕީއެމްއިން އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ނުކުރާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ. އަދުރޭ މިހެން ވިދާޅ...

03 Apr 2023 | 18:38

އިދިކޮޅު މައި ޕާޓީ ޕީޕީއެމްއިން އެހެން އެއްވެސް ސިޔާސީ ޕާޓީއެއްގެ ރިޔާސީ ކެންޑިޑޭޓަކަށް ތާއީދު ނުކުރާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވީ ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމްގެ ފަރާތުން ޕީޕީއެމް/ ޕީއެންސީއަށް ކޯލިޝަން ހެދުމުގެ ދައުވާތުދޭން ނިންމުމުންނެވެ.

އަދުރޭ ކުރެއްވު ޓުވީޓެއްގައި ވިދާޅުވީ ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އެހެން އެއްވެސް ޕާޓީ އެއްގެ ރިޔާސީ ކެނޑިޑޭޓަކަށް ތާއީދު ނުކުރާނެ ކަމަށެވެ. އެ ކޯލިޝަންގެ ރިޔާސީ ކެނޑިޑޭޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށް ވިދާޅުވި އެވެ.

އަދުރޭ ވިދާޅުވީ ގައުމަށް ހެޔޮ އެދި ވަޑައިގަންނަވާ ބޭފުޅުން އެ ކޯލިޝަނާ ގުޅިވަޑައިގަންނަވަން ވީ ކަމަށެވެ؛ އެއީ ގައުމާ ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށްވެސް ވިދާޅުވި އެވެ.

ގާސިމް ދައުވަތު އަރުވާ ޕާޓީތަކުގެ ތެރޭގައި އެމްއާރުއެމް، އެމްއެންޕީ، އުމަރު ނަސީރު އަދި ޑރ. މުހައްމަދު މުނައްވަރު ހިމެނެ އެވެ. އެ ކަމަކު އެ ދައުވަތު ފޮނުވި ކަމެއް އަދި ނޭނގެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް