ގާސިމްގެ ދައުވަތު، ޕީޕީއެމް، އެމްއެންޕީ، އުމަރު، ޑރ، މުނައްވަރު އަދި އެމްއާރުއެމްއަށް!

ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދަން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ފަރާތުން އިދިކޮޅު ގިނަ ޕާޓީތަކަކަށް ދައުވަތު ފޮނުވަން ނިންމައިފި އެވެ. ގާސިމްގެ ފަރާތުން ދައުވަތު ފޮނުވަން ނިންމާފަ...

03 Apr 2023 | 17:52

ރިޔާސީ އިންތިހާބުގައި ކޯލިޝަން ހަދަން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމްގެ ފަރާތުން އިދިކޮޅު ގިނަ ޕާޓީތަކަކަށް ދައުވަތު ފޮނުވަން ނިންމައިފި އެވެ.

ގާސިމްގެ ފަރާތުން ދައުވަތު ފޮނުވަން ނިންމާފައިވަނީ އެމްއާރުއެމް، ޕީޕީއެމް/ ޕީއެންސީ، އެމްއެންޕީއަށެވެ. ދެން ދައުވަތު ފޮނުވަނީ ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރަަށެވެ.

އެ ދައުވަތު ސިޔާސީ ފަރާތްތަކަށް ފޮނުވިކަން އަދި ޔަގީނެއް ނުވެ އެވެ.

ގާސިމް އަކީ ޖޭޕީގެ ރިޔާސީ ކެންޑިޑޭޓު ކަމަށް ކަނޑައެޅީ މިއަދު އެވެ. އެއީ ޕްރައިމަރީއަށް ހުޅުވާލުމުން އޭނާ އެކަނި ފޯމު ހުށަހެޅުއްވުމުންނެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރަން މިހާތަނަށް ނިންމާފައިވަނީ ގާސިމްގެ އިތުރުން އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހާއި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދުﷲ ޔާމީންއެވެ. ދެން ވާދަ ކުރާކަން އިއުލާނު ކުރެއްވީ އަމިއްލަ ގޮތުން ވާދަ ކުރައްވާ ކެންޑިޑޭޓުންތަކެކެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް