އާބަންކޯގެ ހިދުމަތްތައް ލުއި ފަސޭހަ ކުރުމަށް އެޕެއް

އަރބަންކޯ އިން އެ ކޯޕަރޭޝަން އިތުރަށް ފުޅާކޮށް ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން "އަރބަންކޯ އެޕްލިކޭޝަން"ގެ ނަމުގައި އެޕެއް ތައާރަފްކޮށްފިއެވެ....

03 Apr 2023 | 14:46

އަރބަންކޯ އިން އެ ކޯޕަރޭޝަން އިތުރަށް ފުޅާކޮށް ހިދުމަތް ހޯދުމުގައި ރައްޔިތުންނަށް ލުއި ފަސޭހަ ކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން "އަރބަންކޯ އެޕްލިކޭޝަން"ގެ ނަމުގައި އެޕެއް ތައާރަފްކޮށްފިއެވެ.

އަރބަންކޯއަކީ ހައުސިން ޑެވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީގެ) ގެ ޚިދުމަތްތައް އިތުރަށް ފުޅާކޮށް އިތުރު ޚިދުމަތްތަކަކަށް ވަނުމަށް ރީބްރޭންޑްކޮށް އެ ކޯޕަރޭޝަނުގެ ނަމަށް ގެނެސްފައިވާ ބަދަލެކެވެ.

މިކަން ހާމަކޮށް އާބަންކޯ އިން ބުނީ އާބަންކޯގެ ހިދުމަތްތައް ލުއި ފަސޭހަ ކުރުމަށް  "އަރބަންކޯ އެޕްލިކޭޝަން"ގެ ނަމުގައި އެޕެއް ތައާރަފުކޮށްފައިވާ ކަމަށެވެ.

އަދި  މި އެޕްލިކޭޝަންގެ ތެރެއިން ވަގުތުން މައްސަލަތައް ރިޕޯޓުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އާންމުނަށް ލިބޭނެ ކަމަށް އާރަބަންކޯ އިން ބުނެފައި ވެއެވެ.

އެގޮތުން މި އެޕްލިކޭޝަން މެދުވެރިކޮށް ކޯޕަރޭޝަންގެ މަސައްކަތްތައް ބަލާލުމާއި، އިވެންޓްތައް ބަލާލުން، ބިޑްތަކުގައި ބައިވެރިވުން، ކުލި ދެއްކުން ފަދަ ހުރިހާ އާންމު ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށް އަރބަންކޯ އިން ހާމަކުރެއެވެ.

މީގެ އިތުރުން އަރބަންކޯ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ މަސައްކަތް ފުޅާވެ، މުޅި ރާއްޖެއަށް ޚިދުމަތް ފުޅާކުރަމުން ދާއިރު އެ ކޯޕަރޭޝަނާއި ރައްޔިތުންނާ މެދު އޮތް ގުޅުން ބަދަހިކޮށް ދެފުށް ފެންނަ، ރައްޔިތުންނާ ގާތުން ޚިދުމަތްދޭ ތަނަކަށް ހެދުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް