ޖޭޕީގެ ޓިކެޓުގައި ވާދަކުރާނީ ލީޑަރު ގާސިމް ކަމަށް ފާސްކޮށްފި

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ވާދަކުރާނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް އެ ޕާޓީގެ ކައުންސިލުން މިއަދު ފާކޮށްފިއެވެ. މިގޮތަށް ފާސްކޮށްފައިވަނީ އެ ޕާޓީގެ ކައުންސިލްގެ 153 ވަނަ ބ...

03 Apr 2023 | 11:30

ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ރިޔާސީ އިންތިހާބަށް ވާދަކުރާނީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް އެ ޕާޓީގެ ކައުންސިލުން މިއަދު ފާކޮށްފިއެވެ.

މިގޮތަށް ފާސްކޮށްފައިވަނީ އެ ޕާޓީގެ ކައުންސިލްގެ 153 ވަނަ ބައްދަލުވުމުގައެވެ.

އެ ބައްދަލުވުމުގައި މިއަދު ފާސްކޮށްފައިވަނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވާނީ ޕާޓީ ލީޑަރު ގާސިމް އިބްރާހިމް ކަމަށާއި އެ މަނިކުފާނު ކެނޑިޑޭޓަކަށް ޝަރުތު ހަމަވާކަމަށެވެ.

ވާދަކުރާނީ ގާސިމްކަމަށް ކައުންސިލުން ނިންމާފައިވާއިރު އެ ޓިކެޓަށް އިތުރު ފަރާތަކުން ކުރިމަތިލާފައެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް