މޮސްޓާ، ރައީސް ނަޝީދަށް: މަޖިލީހަކީ އާއިލީ މުދާގަނޑެއް ނޫން

ރައްޔިތުންގެ މަޖިލީހަކީ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ މުދާގަނޑެއް ނޫންކަމަށް ބުނެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވ...

03 Apr 2023 | 10:14

ރައްޔިތުންގެ މަޖިލީހަކީ ރައީސް މުހައްމަދު ނަޝީދުގެ އާއިލީ މުދާގަނޑެއް ނޫންކަމަށް ބުނެ ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ރައީސް ނަޝީދަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

މޮސްޓާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވަޒީރުންނަށް ސުވާލު ކުރަންވިޔަސް ނުކުރަންވިޔަސް އެނގޭނީ ކެނެރީގޭ ހުދުމުހުތާރު މުހައްމަދު ނަޝީދަށް ނޫން ކަމަށާއި ސުވާލު ކުރަން ހުށަހަޅާތާ ހަ މަސް ހަތް މަސް ފަހުން އެޖެންޑާ ކުރީމަ ސުވާލުގެ ބޭނުން ކެނޑޭ ކަމަށެވެ.

"ދިވެހި މޭސްތިރި ހިންގިމަގުން ހިތުހުރި ގޮތަކަށް ހިންގަން އާއިލީ މުދާގަނޑެއް ނޫންތީ" މޮސްޓާ ވިދާޅުވެފައިވެއެވެ.

މޮސްޓާ މިހެން ވިދާޅުވެފައިވާއިރު މަޖިލީހަށް ވަޒީރުން ހާޒިރުކޮށްގެން ސުވާލު ކުރެއްވުމަށް ނިންމެވުމަށްފަހު އެކަން އަނބުރާ ނުގެންދެވުމަށް މެންބަރުންގެ ކިބައިން ރައީސް ނަޝީދު މިއަދު އެދިލެއްވިއެވެ.

ނަޝީދު މިއަދު ވިދާޅުވީ ވަޒީރުންނާ ސުވާލުކުރުމަށް ދިގު ލިސްޓެއް ހުށަހެޅިފައިވާކަމަށާއި މިވަގުތުވެސް ކިޔޫގައި 20 ވަޒީރަކާ ސުވާލު ކުރަން އެބަ އޮތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް