ރައްޔިތުންގެ މަޖިލީހުގެ އިސްދޫ ދާއިރާގެ މެމްބަރު އަލީ ހަމީދު އެމްޑީޕީއަށް ސޮއިި ކުރައްވައިިފި އެވެ.
އަލީ ހަމީދު އެ ގޮނޑިއަށް އިންތިހާބުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ފަރާތުންނެވެ.
އެމްޑީޕީން ބުނީ އަލީ ހަމީދު އެމްޑީޕީއަށް ސޮއި ކުރެއްވީ މިއަދު މުލިއާގޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ހާޒިރުގައި ކަމަށެވެ. މި ހަފްލާގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް އާއި ރައީސް ސޯލިހަށް ތާއީދު ކުރައްވާ މެމްބަރުންތަކެއް ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްޑީޕީން ވަނީ އަލީ ހަމީދުގެ ނިންމުމަށް މަރުހަބާ ކިޔާފައި އެވެ.
މަޖިލީހުގެ މެމްބަރު ކަމަށް ވަޑައިގެންނެވުމުގެ ކުރިން އޭނާ އަކީ ވިލާ ގްރުޕުގެ ދަށުން ހިންގާ ވިލާ ހަކަތައިގެ ޖެނެރަލް މެނޭޖަރެވެ.
އަލީ ހަމީދު ޕާޓީއާ ގާސިމް ދޫކުރައްވައި އެމްޑީޕީއާ ގުޅިވައިގެންފައި މިވަނީ އެމްޑީޕީ އާއި އެކު ކޯލިޝަން ނަހަދައި ވަކިން ރިޔާސީ އިންތިހާބުގައި ވާދަ ކުރަން ޖޭޕީން ނިންމާފައިވަނިކޮށެވެ. މި ނިންމުމާއި އެކު ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި ޖޭޕީގެ ބޭފުޅުން ގެންދަވަނީ ރައީސް ސޯލިހަށް ތާއީދު ކުރައްވަމުންނެވެ.
އޭގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އާއި އިމިގްރޭޝަން ކޮންޓްރޯލަރު، އެމްޑަބްލިއުއެސްސީ އާއި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ހިމެނިވަޑައިގެންނަވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް