ކަންކަން ފަސޭހައިން އިސްލާހުވާން، މީކީ ހިޔާލީ ދުނިޔެއެއް ނޫން: އިމްރާން

ކަންކަން ފަސޭހައިން އިސްލާހުވާން މީކީ ހިޔާލީ ދުނިޔެއެއް ނޫންކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެވެއެވެ. އަދާލަތު ޕާޓީގެ ރައީސްގެ މަގާމުވެސް ފުރުއްވަމުންގެންދަވާ އިމްރާން މިހެން ވިދާޅ...

03 Apr 2023 | 08:46

ކަންކަން ފަސޭހައިން އިސްލާހުވާން މީކީ ހިޔާލީ ދުނިޔެއެއް ނޫންކަމުގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެވެއެވެ.

އަދާލަތު ޕާޓީގެ ރައީސްގެ މަގާމުވެސް ފުރުއްވަމުންގެންދަވާ އިމްރާން މިހެން ވިދާޅުވީ މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓްގައި އިމްރާން ވިދާޅުވެފައިވަނީ ހިޔާލީ ދުނިޔެއެއްގައި ކަންކަން އިސްލާހު ކުރުމާ އަމަލީ ދުނިޔޭގައި ކަންކަން އިސްލާހު ކުރުމަކީ ވަރަށް ތަފާތު ދެކަމެއް ކަމަށެވެ.

"ހިޔާލީ ދުނިޔެ ކޮންމެ މީހަކަށް އިސްލާހު ކޮށްލެވިދާނެ ނަމަވެސް އަމަލީ ދުނިޔެ އިސްލާހު ކުރެވޭނީ، އިލްމާއި ހިލްމު އެއްކޮށް އަޒުމާއި ހިތްވަރާ ހިކުމަތު އަމަލީ އެއްކޮށް ކެތްތެރިވެގެން" އިމްރާން ވިދާޅުވެފައިވެއެވެ.

ޝައިޚް އިމްރާން މިހެން ވިދާޅުވެފައިވާއިރު މި ފަހުން އިމްރާން އަންނަނީ ދޭތެރެ ދޭތެއިން މިފަދަ ހިކުމަތު އަމަލީގެ ޓްވީޓްތަކެއް ކުރައްވަމުންނެވެ. އިމްރާންގެ މިފަދަ ޓްވީޓްތައް ސީދާ ރައްދުވަނީ ކޮން ފަރާތަކަށް ކަމެއްވެސް އަދި އެމަނިކުފާނުގެ މިފަދަ ޓްވީޓްތަކުގެ ފަހަތުގައިވަނީ ކޮން މާނައެއް ކަންވެސް މިފަދަ ގިނަ ޓްވީޓްތަކުން ފަހުމެއް ނުވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް