ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ ގެ މަންމަ އަވަހާރަ ވެއްޖެ އެވެ.
ގއ. ދާންދޫ، ކަކާގެ އުމުރުން 77 އަހަރުގެ ފާތިމަތު ސަކީނާ އަވަހާރަވީ ރޭގެ ވަގުތެއްގަ އެވެ.
ޔައުގޫބު މަންމަގެ ޖަނާޒާ އާއި ކަށު ނަމާދު އޮތީ މިއަދު މެންދުރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައި އެވެ.
ޔައުގޫބްގެ މަންމަ އަވަހާރަވުމާ ގުޅިގެން މަޖިލީހުގެ މެންބަރުންނާއި އާންމުން ދަނީ މެންބަރު ޔައުގޫބަށް ތައުޒިޔާ ފޮނުވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް