ނުހުއްޓުވޭނެ ކަމުގައި ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ރައީސް މުހައްމަދު ނަޝީދަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
ރޮޒޭ ރައްދު ދެއްވާފައިމިވަނީ ހަސަން ކުރުސީގެ ނަމުގައި ހިންގަމުން އަންނަ ވަގު ޓްވިޓާ އެކައުންޓުން ރޮޒޭއަށް ބޮޑު ތުހުމަތެއް ކޮށްފައިވާއިރު އެކަމަށް ދެއްވި ރައްދެއްގެ ގޮތުގައެވެ.
ހަސަން ކުރުސީގެ ނަމުގައި ހިންގަމުން އަންނަ، ވަގު އެ ޓްވީޓަކީ ރައީސް ނަޝީދު ހިންގަވާ ނުވަތަ ރައީސް ނަޝީދުގެ އަތެއް އެކަމުގައި އޮވެގެން ހިންގަމުން އަންނަ ޓްވިޓާ އެކައުންޓެއް ކަމުގައި ގިނަ ބަޔަކު ތުހުމަތު ކުރެއެވެ.
އެ އެކައުންޓުން އިއްޔެ ރޮޒޭ ޓެގްކޮށް ބުނެފައިވަނީ ހަށި ވިއްކުން ރާއްޖެއަށް ތައާރަފް ކުރީ ރޮޒޭ ކަމަށެވެ.
ރޮޒޭގެ ރައްދުގައި ރައީސް ނަޝީދު ޓެގް ކުރައްވައި ވިދާޅުވެފައިވަނީ އެފަދަ އިލްޒާމްތައްކޮށްގެން އޭނާ ނުހުއްޓުވޭނެ ކަމަށެވެ. އަދި ހުއްޓުވިފައިވެސް ނެތް ކަމަށެވެ.
"ތިމާއާ އެއްބައިނުވާ އެންމެނަށް، ވަކިން ހާއްސަކޮށް އަންހެނުންނާ ޒާތީވެ ފުރައްސާރަ ކުރުމުން ތިމާގެ އަގު ވެއްޓިގެން އެ ދަނީ އެންމެ ދަށު ދަރަޖައަށް" ރޮޒޭ ވިދާޅުވެފައިވެއެވެ.
https://twitter.com/Roxeyna/status/1642503826187120642
ރޮޒޭ މިހެން ވިދާޅުވެފައިވާއިރު މި ދިޔަ އަހަރު މެދުތެރޭގައި ކަހަލަގޮތަކަށް ހިންގަން ފެށި ހަސަން ކުރުސީގެ ޓްވިޓާ އެކައުންޓުން ގިނަ ބައެއްގެ އަބުރަށް އަރައިގަނެ ޒާތީ ގޮތުން ފުރައްސާރަކުރަމުން އަންނަ މަންޒަރު ވަރަށް ގިނައިން ފެނިގެންދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް