ބަޔަކަށް ވަޒީފާ ދޭންވީމާ ފެނަކަޔާއި ރޯޑް ކޯޕަރޭޝަނުން ވަޒީފާތައް އުތުރި އަރައިގެންދާތަން ފެންނަކަމުގައި މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ހުށަހަޅުއްވާފައިވާ ގަރާރަށް ބަހުސް ކުރައްވަމުންނެވެ.
ގާސިމް ވިދާޅުވީ ދައުލަތުން ކަމެއް ރަނގަޅު ކުރަން ބޭނުންވީމާ ކަން ކުރާގޮތް ފެނިގެންދާކަމަށާއި ބަޔަކަށް ވަޒީފާ ދޭންވީމާ ވަޒީފާ އުތުރި އަރާއިރު ޑްރަގް ރިހިބިލިޓޭޝަން ދާއިރާގައި ޑަކުޓަރުންނާއި ބޭސް ނެތިން ދާ ދިއުމުން ފެންނަނީ ކަމުގެ ޝައުގުވެރިކަން ހުރި މިންވަރު ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަކީ މި ބާވަތުގެ ކަންކަމުގައި ޒިންމާދާރުކުރުވަން ތިބި މީހުން ކަމުގައި ވިދާޅުވެ ވާހަކަ ކުރިއަށްގެންދަވަމުން ގާސިމް ވިދާޅުވި އެ ވާހަކަތަކަކީ ޒާތީގޮތުން ދިމާކުރަން ދައްކާ ވާހަކައެއް ނޫން ކަމަށާއި ދައުލަތުގެ ތެރެއިން އެފަދަ ތަކެތި (މަސްތުވާތަކެތި) ގެއްލިގެންދާއިރު ސަރުކާރާއި ދެކޮޅަށް ވާހަކަ ދައްކާކަމުގައި ދެކެންޏާ އެއީ ދެރަ ކަމެއް ކަމުގައި ގާސިމް ވިދާޅުވިއެވެ.
މީގެ އިތުރުން މިހާރު ޑްރަގް ހިފައިގެން އަންނަ މީހާ ޓްރާންސިޓްކޮށްގެން ސަލާމަތްވެގެން އަނެއް ދޮރޯށިން ދެވޭކަމަށްވަންޏާ ދުވަހަކުވެސް ޑްރަގް ހިފައިގެން އަންނަ މީހާ ހައްޔަރު ނުކުރެވޭނެ ކަން ގާސިމް ފާހަގަކުރެއްވިއެވެ. އަދި އެއީ ކޮސް ކަންކަން ކަމުގައި ވިދާޅުވެ ސިންގަޕޫރުގައި މިކަން އޮންނަނީ މިހެން ނޫންކަމުގައި މިސާލު ޖެއްސެވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް