އިންޑިއަން އައިޑޮލް 13 ރިޝީއަށް

އިންޑިއަން އައިޑޮލް13 ރިޝީ ސިންގް ހޯދައިފި އެވެ. ރޭ ބޭއްވި އެ ޝޯގެ ގްރޭންޑް ފިނާލޭގައި ރިޝީ އެއްވަނަ ހޯދީ ދޭބޯޝްމީތާ ރޯއީ އާއި ވާދަކޮށްގެންނެވެ. ދޭބޯސްމީތާ އަކީ މި ޝޯގައި ހުނަރު ފެނި، ރިޝީ އެންމެ ޖެހި...

03 Apr 2023 | 06:43

އިންޑިއަން އައިޑޮލް13 ރިޝީ ސިންގް ހޯދައިފި އެވެ.

ރޭ ބޭއްވި އެ ޝޯގެ ގްރޭންޑް ފިނާލޭގައި ރިޝީ އެއްވަނަ ހޯދީ ދޭބޯޝްމީތާ ރޯއީ އާއި ވާދަކޮށްގެންނެވެ. ދޭބޯސްމީތާ އަކީ މި ޝޯގައި ހުނަރު ފެނި، ރިޝީ އެންމެ ޖެހިލުންވި ބައިވެރިޔާ އެވެ.

ރިޝީ އަކީ މިފަހަރުގެ ސީޒަންގައި ގިނަ ބައެއްގެ ފޭވަރިޓެވެ.

ރިޝީ ބުނީ ޝޯ ކާމިޔާބު ކުރެވުމުން ދެން ބޭނުން ވަނީ ދުނިޔޭގެ ގައުމުތަކަށް ދަތުރުކޮށް އޭނާގެ މިއުޒިކްގެ ހުނަރު އިތުރަށް ކުރިއަރުވަން މަސައްކަތް ކުރަން ކަމަށެވެ. އަދި މި ފަންނުގައި އަރާހުރި މީހަކަށްވެ އިންޑިއަން އައިޑަލްގެ ޖަޖެއްގެ ގޮތުގައި އެއް ދުވަހަކުން ޝޯ އަށް އެނބުރި އަންނަން ބޭނުންވާ ކަމަށް ބުނެފައިވެ އެވެ.

މި ޝޯ ކާމިޔާބުވުމުން އިނާމަކަށް އޭނާއަށް 25 ލައްކަ ރުޕީސް ލިބުނެވެ. ރިޝީ އަކީ އުއްތަރްޕްރަދޭޝްއަށް ނިސްބަތްވާ ޒުވާނެކެވެ.

ރިޝީގެ މަސައްކަތައިގެން ކުރިޔަށްދާން ފަށާނީ އުފަން ރަށަށް ގޮސް ލިބުނު ކާމިޔާބު ފާހަގަ ކޮށްފައި ކަމަށް އޭނާ ބުންޏެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް